ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުސާރައިގެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި

civil service office
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލުވެފައިވާ ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި މިހާތަނަށް އަމަލުކުރަމުން އައި އުސޫލު ސިވިލް ސާވިސް ކޮމިޝަނުން ބަދަލުކޮށްފިއެވެ. ކުރިން އަމަލުކުރަމުން އައި ގޮތުން މުސާރައިގެ ކުރިއެރުން ލިބެނީ ފިނޭންސް މިނިސްޓްރީން އެކަމަށް ހުއްދަދޭ ތާރީޚުން ފެށިގެން ކަމަށްވީ ނަމަވެސް، އަލަށް ގެނައި ބަދަލާއެކު ދެން މުސާރައިގެ ކުރިއެރުން ލިބޭނީ އެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެންނެވެ.

މި ބަދަލާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒް ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައިވާ ގޮތުން، މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ދިނުމަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަވެ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބުމުން، އެ މުވައްޒަފަކަށް ކުރިއެރުން ހައްގުވި ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ބޮޑުކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ޖޮބް މެޓްރިކްސްގައި އެކި ދާއިރާތަކުގެ މަގާމުތަކަށް އަންނާނެ ބަދަލުތަކުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި އިދާރީ، ތައުލީމީ، ސިއްހީ އަދި ފިސްކަލް ދާއިރާ ފަދަ ގިނަ ދާއިރާތަކެއް ހިމެނެއެވެ.

HajjCop_ads
Advertisement

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުތަކާއެކު ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ ޖުޑިޝަރީއާއި ބައެއް ކައުންސިލްތަކުގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މުސާރަތައް އެއްހަމަކުރުމުގެ މަގުސަދަކީ ހުރިހާ މުވައްޒަފުންނަށްވެސް ކަރަމާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުން ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

civil service office

ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން މުސާރަ ބޮޑުނުވި މުވައްޒަފުންނަށް މުސާރަ ބޮޑުވާނެ: ރައީސް

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ކޮމިޝަނާ އޮފް ޕޮލިސްގެ އަރިހަށް

civil service office

ސިއްހީ ބޭނުންތަކަށް ޗުއްޓީ ނެގުން ފަސޭހަކޮށް އުސޫލު އިސްލާހުކޮށްފި

adaalath party

ހެދުން ގަވައިދަށް ގެނައި އިސްލާހަކީ އިޖުތިމާއީ ސަލާމަތަށް އެޅި ރަނގަޅު ފިޔަވަޅެއް: އަދާލަތު