ރައްޔިތުންގެ ބައްދަލުވުންތައް އަނެއްކާވެސް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ކަމަށާއި ރައްޔިތުންގެ އަޑު އަހައިގެން ނޫންގޮތަކަށް ވެރިކަން ނުކުރައްވާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މީގެކުރިން ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. ރައްޔިތުންނާ ބައްދަލުކުރެއްވީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވަޑައިގެންނެވެ.

މާލޭގެ ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި ރައީސް ވަނީ ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައްތަކަށް ސަރުކާރުން ހައްލު ގެނެސްދީފައިވެއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކަށް ރައީސް މުއިއްޒު ވަނީ ވެވަޑައިގެންފައެވެ.