ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ރީސައިކަލް ކުރާ ސެންޓަރުގެ ބިންގާ އަޅައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ޕްލާސްޓިކް ފުޅި ރީސައިކަލް ކުރާ ސެންޓަރުގެ ބިންގާ ތިލަފުށީގައި އިއްޔެ އަޅައިފިއެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

‘މޯޕާސައިކަލް’ ޕެޓް ފްލޭކިން އެންޑް ވޮޝިން ލައިން ފެސިލިޓީގެ ނަމުގައި ތަރައްގީކުރާ މި މަރުކަޒަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގެ އިސްނެގުމެކެވެ. ވެމްކޯ، އެޗްޑީސީ، މޯލްޑިވްސް އެރޭޓަޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އަދި ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫއުގެ ބިންގާ އިއްޔެ އަޅައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި މޯޕާގެ ބާނީ ތޯރިގް އިބްރާހިމްގެ އިތުރުން އެ ޖަމިއްޔާގެ ރައީސް އަހުމަދު މައުމޫނެވެ.

ކުރިއަށް އޮތް 9 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ 5،000 އަކަފޫޓުގެ މި ފެސިލިޓީގައި ޕްލާސްޓިކް ފުޅި އެއްކުރުމާއި، ލޭބަލް އަދި މަތި ނެގުމާއި، ފްލޭކްކުރުމުގެ އިތުރުން ހޫނު އަދި ފިނި ފެނުން ދޮވެ ހިއްކުމުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރެވޭނެއެވެ. އަދި ބޭނުންކުރާ ފެނުން މައިކްރޯ ޕްލާސްޓިކް ނައްތާލުމަށް ޚާއްސަ އީޓީޕީ (ފެން ސާފުކުރާ) ނިޒާމެއްވެސް މިތަނުގައި ހުންނާނެއެވެ. މި މަސައްކަތް ނިމުމުން، ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން ފޭރާން ފަދަ ތަކެތި އުފެއްދުމަށް ބޭނުންވާ ފައިބަރު ރާއްޖޭގައި އުފެއްދޭނެއެވެ.

HajjCop_ads
Advertisement

މި މަޝްރޫއާ ގުޅޭގޮތުން މޯޕާގެ ރައީސް މައުމޫން ވިދާޅުވީ، މިއީ ޕްލާސްޓިކް ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މި ފެސިލިޓީގެ ސަބަބުން ރީސައިކަލް ކުރުމަށް ބޭރުކުރާ ޕްލާސްޓިކްގެ މިންވަރު ތިން ގުނަ އިތުރުވާނެ ކަމަށެވެ. އަދި ޕެޓް ފުޅިއަކީ ހަމައެކަނި ކުންޏެއްގެ ގޮތުގައި ނުދެކި، ރަނގަޅު ނިޒާމެއްގެ ތެރެއިން އެއީ އިގްތިސާދީ ފައިދާހުރި ވަސީލަތަކަށް ހެދިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަރީފް ވަނީ ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި މިއީ ވަރަށް މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކޮކާ-ކޯލާ އިންޑިއާ އެންޑް ސައުތުވެސްޓް އޭޝިއާގެ ސީނިއާ ޑައިރެކްޓަރު ސަލޯނީ ސަރަން ގޯޔަލް ވިދާޅުވީ، ރާއްޖޭގައި އުފެދޭ ކުނި ބޭނުންތެރި ވަސީލަތަކަށް ބަދަލުކުރުމަށް ކުރެވޭ މި މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައިވެސް ނަމޫނާ މަސައްކަތެއް ކަމަށާއި، މިފަދަ ކަންކަމަށް އެ ކުންފުނިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

އިންޖިނިއާސް އެވޯޑްސް ހަފްލާ: އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް

President, Engineering Award

އެންމެ މޮޅު އިންޖިނޭރަކަށް ޑރ. ފުރުޤާން

MWSC MD Fahumy

ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ޤާއިމުކުރާ 20،000 ލީޓަރުގެ ތާނގި، ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށަނީ

އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި