ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔޫއޭއީގެ ޢާންމު ސަރަޙައްދުތަކަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

TTH_Ads
STO_Ads
Advertisement

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް އިރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މި ހަމަލާތަކަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސިޔާދަތަށް ފާޅުކަން ބޮޑު ގޮތެއްގައި  އަރައިގަތުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ، ހަމަ އެހެންމެ، މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ޚާރޖީ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ވަޤުތުގައި ދިވެހިރާއްޖެއިން ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާއެކު ފުރިހަމައަށް ސާބިތުވެ ތިބިކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، އެ ޤައުމުގެ ސިޔާދަތާއި، ސަލާމަތާއި، އަދި ސަރަޙައްދީ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް އަޅާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށާއި، މި މައްސަލަ އިތުރަށް ގޯސްވިޔަނުދީ ހުއްޓުވުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

HajjCop_ads
Advertisement

އެގޮތުން، މުހިންމު މަޝްވަރާއާއި ހިކުމަތްތެރި ހައްލުތަކެއް މެދުވެރިކޮށް ނުތަނަވަސްކަން ކުޑަކުރުމަށާއި، ސަރަހައްދީ ހަމަޖެހުން ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޤާއިމްކޮށްފައި ހުންނަ ޔޫއޭއީއަށް އީރާނުގެ މިސައިލް އަދި ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގު ކަސްޓަމަރުންނަށް ޔޫއޭއީ އާއި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިފި

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިއްޖެ