ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގު ކަސްޓަމަރުންނަށް ޔޫއޭއީ އާއި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަށް، ދިރާގު ކަސްޓަމަރުންނަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިދީފި އެވެ.

ދިރާގުން ބުނީ، މި ހިދުމަތަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ގުޅައި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ފޯރުކޮށްދީފައިވާ ހިދުމަތެއް ކަމަށެވެ.

މި ހިދުމަތުގައި ޔޫއޭއީ އަށާއި، ސައުދީ އަރަބިއްޔާ އަށް ހިލޭ ގުޅުމަށް 30 މިނިޓު ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ. މި ހިދުމަތް ބޭނުންވާ ފަރާތްތަކުން، ހިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި #225* އަށް ޑައިލް ކުރުމަށާއި، އަދި މަދާމާގެ ކުރިން އެކްޓިވޭޓް ކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ. އަދި މި ހިދުމަތް އެކްޓިވޭޓް ކުރުމުން ހަތް ދުވަހުގެ މުއްދަތަށް ހިލޭ މިނިޓްތައް ބޭނުން ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

HajjCop_ads
Advertisement

ދިރާގު ކަސްޓަމަރުންނަށް ފުރިހަމަ، އަދި ކަސްޓަމަރުންގެ އިހުސާސްތަކާއި ގުޅޭ ގޮތުން ހިދުމަތް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެކެވެ. އެގޮތުން ކަސްޓަމަރުންނާ ދިމާވާ އެކި އެކި ކާރިސާތަކުގައި ،އާއިލާއާއި ރައްޓިހިންނާއި ގުޅުން ބޭއްވުމަށް އެންމެ ލުއި ފަސޭހަ ޕެކޭޖްތަކެއް ތަޢާރަފްކޮށް، ހިދުމަތް ފޯރުކޮށްދިނުމަކީ ދިރާގުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhiraagu

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ

DSC

ދިރާގުގެ މެޖޯރިޓީ ހިއްސާއާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތް ކުރިޔަށް ގެންގޮސްފި