ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އެއަރލައިނަކުން ޔޫރަޕްގެ 8 ސިޓީއަކާ ރާއްޖެ ގުޅުވާލަނީ

427519 3 fd51bf33174d10bcfe710558c713c2a4112656dc
STO_Ads
TTH_Ads
Advertisement

ބަހްރައިންގެ އިތުރުން ރާއްޖެއާއި ޔޫރަޕްގެ 8 ސިޓީއެއް ވައިގެ މަގުން ގުޅާލުމަށް ނިންމައިފިއެވެ. ރާއްޖެއާއި އެ މަންޒިލްތަކާ ދެމެދު ދަތުރުކރާނީ ގަލްފް އެއަރއާއި ބިއޯންޑް ގުޅިގެންނެވެ. މިކަމަށް ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރާއި އަންނަ އަހަރުގެ ފިނި މޫސުމުގައި ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ދަތުރުތަކެއްގައިވެސް ބޭނުންކުރާނީ ބިއޯންޑްގެ “ފުލް ލައި-ފްލެޓް” ޕްރީމިއަމް ކޮންފިގަރޭޝަންގެ ބޯޓުތަކެވެ. އަދި ގަލްފް އެއަރގެ ކޯޑްޝެއަރ އަދި ލޯޔަލްޓީ ޕްރޮގްރާމްގެ ދަށުން މި ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ގަލްފް އެއަރގެ ކަސްޓަމަރުންނަށް މި ނެޓްވޯކުގެ ހިދުމަތްތައް އެ އެއަރލައިންގެ ގްލޯބަލް ޑިސްޓްރިބިއުޝަން ނިޒާމުގެ ތެރެއިންނާއި ބަހްރައިން އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ލިބޭނެއެވެ. މި ޕާޓްނަޝިޕުގެ ސަބަބުން ގަލްފް އެއަރގެ ޕްރީމިއަމް ހިދުމަތްތައް ދުރު ރާސްތާގެ މަންޒިލްތަކަށް ފުޅާވެ، ސަރަހައްދީ ފެންވަރުގައި ވައިގެ ދަތުރުފަތުރުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބަހްރައިން އޮތް އޮތުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

ފިނި މޫސުމުގެ ޝެޑިއުލްގައި ހިމެނޭ ގޮތުން، ރާއްޖެއަށް ކޮންމެ ދުވަހަކު ބަހްރެއިނުން ދަތުރުތައް ބޭއްވުމުގެ އިތުރުން ޔޫރަޕްގެ ބައެއް މަންޒިލްތަކަށް ދަތުރުކުރާނެއެވެ. އެއީ ޕެރިސް، ލަންޑަން، ޒިއުރިކް، މޮސްކޯ، މިލާން އަދި ރޯމްއެވެ.

ރާއްޖެއަކީ މިހާރުވެސް ގަލްފް ގައުމުތަކާއި ޔޫރަޕްގެ ފަތުރުވެރިންގެ މެދުގައި ފިނި މޫސުމުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. މި ދަތުރުތަކާއިއެކު މި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

2027 ވަނަ އަހަރުގެ ފިނި މޫސުމަށް މި ނެޓްވޯކުގެ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސްޕެއިންގެ މަލާގާ، ފްރާންސްގެ ނީސް، އަދި ޖެނީވާއަށް ދަތުރުތައް ކުރުމަށް ވަނީ ނިންމާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި

988

މިޔަރެއް ދަތް އެޅުމުގެ ސަބަބުން ފަރުވާދިނުމުގެ ތެރޭގައި ފަތުރުވެރިއެއްގެ ފައި ފުރިކޮށްލައިފި

Iu

ނުވަ ކްރޫޒްލައިނާ އަކުން 15،000އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި