ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ތާވަލު ބާތިލުކުރަން ކޯޓަށް ހުށަހަޅައިފި

Igmh
TTH_Ads
STO_Ads
Maldivian_Ads
Advertisement

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ތާވަލު ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރުއެވެ. ޝާއިރުއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝާއިރު ވިދާޅުވި ގޮތުގައި، އިންތިޚާބާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިމަނައި އޭޕްރީލް 23 ގައި އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ފޮނުވި ސިޓީއަށް ޖަވާބު ދީފައި ނުވާތީ ކޯޓަށް ދާން ނިންމެވީއެވެ. ޕާޓީގެ އުސޫލުތައް ބުނާގޮތުން ޝަކުވާތަކަށް 48 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭންޖެހެއެވެ. ނަމަވެސް 10 ދުވަސް ވީއިރު ވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

HajjCop_ads
Advertisement

ޝާއިރުގެ މައިގަނޑު ކަންބޮޑުވުމަކީ އިންތިޚާބުގެ ތާވަލު ކަނޑައެޅުމުގައި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވުމެވެ.

އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން އިންތިޚާބުތައް އިންތިޒާމުކޮށް، ތާވަލު ކަނޑައެޅުމުގެ ބާރު އޮންނަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށެވެ.

މިހާރު ތާވަލު ކަނޑައަޅާފައިވަނީ އެ މަޖިލީހުގެ ރައީސްގެ އެއްވެސް ބައިވެރިވުމެއް ނެތި، އެހެން ފަރާތަކުން ކަމަށް ޝާއިރު ތުހުމަތު ކުރައްވައެވެ.

“އަޅުގަނޑުމެން މި އެދެނީ އިންތިޚާބު ބާތިލުކުރާކަށް ނޫން. ނަމަވެސް މިހާރު އިއުލާނުކޮށްފައިވާ ތާވަލު ބާތިލުކުރަން. އަޅުގަނޑުމެންގެ ޝަކުވާއަކީ ތާވަލު ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށްވުން،” ޝާއިރު ވިދާޅުވިއެވެ.

ޝާއިރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދަކީ ޕާޓީގެ “ގާނޫނުއަސާސީ” އެވެ. އެހެންކަމުން އެއާ ޚިލާފަށް އެއްވެސް އުސޫލެއް ނުވަތަ ނިންމުމެއް ނުނިންމޭނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

448853 3 30f8e8a5ae5b3f8b5bef85d5a8870a833f2ed4c5

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް އާޒިމް

Qw

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 27 ގައި ބޭއްވުމަށް ނިންމައިފި

Qw

އެމްޑީޕީގެ ‘ބޮޑު ބަދަލު’ ގަރާރު ކޮންގްރެސްއިން ފާސްކޮށްފި

Qw

ރާއްޖޭގެ ވެރިކަމާ ހަވާލުވާން އަޅުގަނޑު މިހުރީ ތައްޔާރަށް: ނަޝީދު