ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 27 ގައި ބޭއްވުމަށް ނިންމައިފި

Qw
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

މިކަން އިއުލާންކުރެއްވީ އެމްޑީޕީގެ ފަސްވަނަ ކޮންގްރެސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކުރެއްވި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ މަނިކުފާނު ހާމައެއް ނުކުރައްވައެވެ.

HajjCop_ads
Advertisement

އަސާސީ ގަވައިދަށް ގެންނެވި ހަތަރުވަނަ އިސްލާހާ އެއްގޮތަށް ގައުމީ މަޖިލީހުގެ އިންތިހާބު 27 ނޮވެމްބަރު ވާ ހުކުރު ދުވަހު އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސް ނިންމާލީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހުގައެވެ. މި އިސްލާހުތައް ފާސްކޮށްފައިވަނީ ފާއިތުވި ސެޝަންގައި ބައިވެރިވި 500އަށްވުރެ ގިނަ މެންބަރުންގެ ވޯޓުންނެވެ.

އަސާސީ ގަވާއިދަށް ގެނެވުނު އެންމެ މުހިންމު ބަދަލަކީ ޕާޓީގެ ރައީސްގެ މަގާމު އުވާލައި، ޗެއާޕާސަނަކީ ޕާޓީގެ އެންމެ އިސް މަގާމު ކަމުގައި ކަނޑައެޅުމެވެ. މީގެ އިތުރުން ޕާޓީގެ ނައިބު ރައީސުންގެ އަދަދު ތިނަކަށް އިތުރުކޮށް، އޭގެ ތެރެއިން އެކަކީ އަންހެން މެންބަރަކަށް ހެދުމަށްވެސް ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ މުހިންމު ނިންމުންތައް ނިންމައި ސިޔާސަތުތައް ކަނޑައަޅާ މައިގަނޑު ގުނަވަނެވެ. އެއީ ދާއިރާތަކުގެ އާންމު މެންބަރުންގެ ވޯޓުން ހޮވާ މަންދޫބުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ.

މި ކޮންގްރެސްގައި ޕާޓީގެ ސިޔާސަތުތަކާ ގުޅުންހުރި މުހިންމު ގަރާރެއްވެސް ވަނީ ފާސްކޮށްފައެވެ. އަދި ކޮންގްރެސްގެ ހަވާސާގައި ކައުންސިލުތަކަށް ހާއްސަކޮށްގެން އިންވެސްޓްމަންޓް ފޯރަމެއްވެސް ވަނީ ބާއްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mdp

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

448853 3 30f8e8a5ae5b3f8b5bef85d5a8870a833f2ed4c5

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް އާޒިމް

Qw

އެމްޑީޕީގެ ‘ބޮޑު ބަދަލު’ ގަރާރު ކޮންގްރެސްއިން ފާސްކޮށްފި

Qw

ރާއްޖޭގެ ވެރިކަމާ ހަވާލުވާން އަޅުގަނޑު މިހުރީ ތައްޔާރަށް: ނަޝީދު