ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަކީދު އާއި ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ޖޫން 20 ވަނަ ދުވަހު

43
TTH_Ads
STO_Ads
Advertisement

ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ޖޫން މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެދެރަށުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިލަތިލުމަށް ހުޅުވާލި މުއްދަތުގައި ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީއެވެ.

އެ އިންތިޚާބުގައި ވާދަކުރުމަށް މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން އިރުއޮއްސި 18:00 ޖެހުމާ ހަމައަށެވެ.

HajjCop_ads
Advertisement

މި ރަށްތަކުގައި އިންތިޚާބުކުރަންޖެހޭ މަޤާމުތަކުގެ ތެރޭގައި ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުން ހިމެނެއެވެ. އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއް މެންބަރު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ދެ މެންބަރުން ހިމެނެއެވެ.

ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޖޫން މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

އަހަރީ ރިޕޯޓް ހުށަނާޅާ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

Shakeel elections

އީސީގެ ރައީސަކަށް ޝަކީލް އައްޔަން މަޖިލީހަށް ފޮނުއްވައިފި

462962 cf4531f4 6

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލު ޢައްޔަންކުރައްވައިފި