ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ހުރި މީހެއްގެ ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދައި ދަރިވަރުންނަށް ޚާއްޞަ ކާޑެއް ދެނީ

TTH_Ads
STO_Ads
Advertisement

ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައި ކިޔަވާ ކުދިންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވަނީ ބޭންކުން ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ހަމަހަމަކޮށް ހުރިހާ ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޮންމެހެން ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި ކުރުމާއި ފައިސާ ނެގުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހެދުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ޝަރީފް ވިދާޅުވީ މި އިންތިޒާމުތައް ހަމަޖެހިގެންދާނީ ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނާއެކުގައި ކަމަށެވެ.

“އަޅުގަނޑު ކުރިންވެސް ފާހަގަކުރިން ބައެއް ފަރާތްތަކުން އެހެން ބޭފުޅުންގެ ކާޑު ހިތްޕަވައިގެން އޭޓީއެމުންވެސް ފައިސާ ނަންގަވައޭ. އަދި ވިޔަފާރިކުރަންވެސް ބޭނުންފުޅު ކުރައްވައޭ. އެހެންވީމަ މިކަންތައްތައް ހުއްޓިގެންދާނެ، ހުއްޓިގެންދިއުމާއެކު އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،” ސީއީއޯ

ޝަރީފް ވިދާޅުވީ މިގޮތަށް ނިންމެވި ނަމަވެސް ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ކާޑެއް ނެތް ދަރިވަރުންނަށް ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެފަދަ ދަރިވަރުންނަށް ޚާއްސަކޮށްގެން ވަކި ލިމިޓެއް ކަނޑައެޅިފައިވާ ކާޑެއް ތަޢާރަފުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

“ރާއްޖޭގައި ތިބޭ ސްޓޫޑެންޓުންނަށް ޚާއްސަ ލިމިޓެއް ކަނޑައެޅިފައި އޮވޭ 1200 ޑޮލަރާ ހަމައަށް. އެހެންވީމަ އެ ލިމިޓާއެއްކޮށް އެ ކާޑު ލިބޭނެގޮތް ހަމަޖައްސައި މިދެނީ. ދެން އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ފުދޭވަރަކަށް އަވަހަށް އަޅުގަނޑުމެންނަށް މިކަންތައްތައް ކޮށް ނިންމޭނެ. އެހެންވީމަ ނިމެންދެން އަޅުގަނޑުމެން މިހާރު ދަތިކަމެއްނެތި އެ ގެންގުޅުއްވާ ކާޑެއް ގެންގުޅެވޭގޮތަށް ހަމަޖައްސައިދޭނަން،” ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ދަރިވަރުންނަށް ޚާއްސަ ކާޑު ތަޢާރަފުކުރެވުމުން އެ ދަރިވަރުންނަށް އިތުރު ލުއިތަކާއި ފައިދާތައް ލިބޭނެ ކަމަށްވެސް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުސޭނުބެ
މާލަސްވެއްޖެ ތިކަން ކުރަން! އަޅުގަޑު ދަންނަ މީހަކު ކުރާވިޔަފާރިއަކީ ތިޔެވެ. ގޭ އެންމެނާއި ހުރިހާ ރައްޓެހިންގެ ކާރޑް ހިފައިގެން ދުބާއީއަށް ގޮސް ބޭންކް ރޭޓުން އެމީހުންގެ ކާރޑްތަކަށް ޑޮލަރު ނަގައިގެން އެހިފައިގެން ރާއްޖެ އައިސް 20 ގެ ރޭޓުން ވިއްކާލަނީއެވެ. މިއީ ވަގުންގެ ރާއްޖެ އެވެ.

ގުޅުންހުރި

bml

ކަސްޓަމަރުންގެ ކާޑާއި ޒާތީ މަޢުލޫމާތު ހިއްސާއެއް ނުކުރަން: ބީއެމްއެލް

460670 88c4ae42 9

“އުސޫލަށް ގެނައި ބަދަލަކީ، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދޭން ގެނައި ބަދަލުތަކެއް”

bml

ބީއެމްއެލް އިން 300 މިލިއަން ޑޮލަރު ހޯދުމަށް ބައިނަލްއަޤްވާމީ އިންވެސްޓަރުންނާ ބައްދަލުކުރަނީ

BML

ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު ކާޑުން ވިޔަފާރިކުރުމުގައި ލިމިޓެއް ނެތް: ބީއެމްއެލް