ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސައްކަތްތެރީންނަށް ޒަމާނީ ވަޞީލަތްތައް ޤާއިމްކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރޭ: ސަޢީދު

Minister Saeed
TTH_Ads
STO_Ads

އެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހިނގާލުމުގައި ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުން މަސައްކަތްތެރީންގެ ބުރަ މަސައްކަތް އަގުވަޒަންކުރާކަމަށެވެ. ވަޒީރު ވިދާޅުވީ، މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުވާނެހެން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށާއި، މަސައްކަތްތެރިންގެ އަގުވަޒަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ޢާއިލާތަކާއި ދުރުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އެރިސޯޓުތައް ކައިރިން ފަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށެވެ.

މަސައްކަތްތެރިންގެ ހައްގުތަކަށް ކުރެވޭ ކަންކަމާއި މަސައްކަތްތެރިންގެ ހައްގުތައް ވަނީ ޤައުމުގެ އިޤްތިޞާދާއި ގުޅިފައި.

HajjCop_ads

މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ދިނުމަށް ކުރެވުނު މަސައްކަތަކީ އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ސަރުކާރުން ކުރެއްވި މުހިއްމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވާ ވަޒީރު ވަނީ ސިވިލް ސަރވިސް މުވައްޒަފުންނާއި އެނޫންވެސް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައެއްހަމަކުރުމަށް ކުރެވުނު މަސައްކަތްވެސް ފާހަގަކުރައްވާފައެވެ.  ސަރުކާރުން މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ihusan

އަދުގެ ސިޔާސަތަކީ މަސައްކަތްތެރީންގެ ހައްގުތައް ފުރިހަމައަކަށް ކަށަވަރުކޮށްދިނުން: އިޙްސާން