ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެންފުށީގައި ފުލުހުންގެ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

Igmh
TTH_Ads
STO_Ads

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން އދ. ފެންފުށީގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ.

އެ މަސައްކަތުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ފެންފުށީގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ އިތުރުން އެ ރަށުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތެއް ހެދުމާއި ވޮލީ ކޮޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

HajjCop_ads

އާރްޑީސީގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމައި ފުލުހުންނާ އިމާރާތް ހަވާލުކުރުން ކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އާރްޑީސީން ގެނައި ހެވީ ވެހިކަލްތަކަށް ޓެކްނިކަލް މީހުން ތަމްރީންކޮށްފި

މާމެންދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ތިން ރަށެއްގެ މަގުހެދުން އާރްޑީސީއަށް

Image 20

މާމިގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިނިސްޓަރު މުއްތަލިބު ފައްޓަވައިދެއްވައިފި