ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް304، މުހައްމަދު އަފީފް ހުސައިން އައްޔަނުކޮށްފިއެވެ.

ޕީސީބީން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު ނަޖާހު ވަނީ މި މަހުގެ ހަ ވަނަ ދުވަހު އިސްތިއުފާދެއްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

އަފީފަކީ ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެކި މަގާމުތަކުގައި އޭނާ ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތްކުރައްވާފައެވެ. އެންމެފަހުން އަދާކުރެއްވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ޕީސީބީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.