ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީ ދެކެ އަބަދުވެސް ލޯބިވޭ: ނަޝީދު

43
TTH_Ads
STO_Ads
Advertisement

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދައިގެން ދިޔަޔަސް އަބަދުވެސް އެމްޑީޕީއަށް ލޯބި އޮންނަ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“ބޮޑު ބަދަލު”ގެ ނަމުގައި އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެނބުރި ޕާޓީއަށް ވަޑައިގަތީ، މީހަރު މި އޮތް ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ކުރިއަށް އޮތް 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޕާޓީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާފައިވާތީ ކަމަށެވެ.

އަދި އެމްޑީޕީއަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކަށް ވަރަށް ބޭނުންތެރި މުއައްސަސާއެއްކަމަށާއި، މިފަދަ މަސައްކަތެއް ހިންގޭނެ އެހެން އެއްވެސް މުއައްސަސާއެއް މިހާރު ރާއްޖޭގައި ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

“އަޅުގަނޑަށް ވެސް އިނގޭ އަޅުގަނޑު އެމްޑީޕީދޫކޮށް ދިޔަކަން. އެހެންނަމަވެސް މިއަދު އަޅުގަނޑު އައިސް މި ހުރީ މި މުއައްސަސާއާ އެކީގަ މިކަން ކުރުމަށް. އަޅުގަނޑު އަބަދުވެސް ދެކެނީ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު މުއައްސަސާއަކީ އެމްޑީޕީކަމަށް.” ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީ ރޫޅާލަން އުޅުއްވި ބޭފުޅަކަށް ޕާޓީ ހިންގޭނީ ކިހިނެތްތޯ ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގެ ބޭފުޅުން އެމަނިކުފާނަށް އަމާޒުކުރައްވާ ފާޑުކިޔުންތަކަށް ރައްދުދެއްވުމުގެގޮތުން ކަމަށް ބެލެވެއެވެ.

ސޯލިހުގެ ފެކްޝަނުން އަންނަނީ ނަޝީދަށް އެންޓި ކެމްޕޭން ވެސް ކުރަމުންނެވެ. ސޯލިހުގެ ތާއީދާއެކު ޗެއާޕާސަން އިންތިޚާބަށް ނެރެފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. ނަމަވެސް މީކާއީލް ވިދާޅުވަނީ އޭނާ އަކީ އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ ފަޅިން ނުކުތް ބޭފުޅެއް ނޫން ކަމަށެވެ. އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއްކަން ފެންނަ މަންޒަރުތަކުން ސާފުވެއެވެ.

ސޯލިހުގެ ކޮއްކޯފުޅު، ހުޅުމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ނިޔާޒު މީކާއީލްގެ ކެމްޕޭން ހަރަކާތްތަކުގައި ފާޅުގައި އުޅުއްވާ މަންޒަރު ފެނެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mdp

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި

WhatsApp Image 2026 06 12 at 17.12.31

ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ސޯލިހު ވިދާޅުވެއްޖެ

Sstv FORM FOR EC

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް މީކާއިލް ތުހުމަތުކުރައްވައިފި