ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީއާ ދެކޮޅަށް ކުރިން މަސައްކަތްކުރެއްވި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން: ނަޝީދު

Igmh
STO_Ads
TTH_Ads
Advertisement

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޭރުގެ ވެރިކަންކުރާ ޕާޓީ އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރެއްވި ވާހަކަ އިތުރަށް ދައްކަވަން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި އެ ޕާޓީގެ އާންމު މެންރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން  ދެއްވަމުން ނަޝީދު ވިދާޅުވީ ޕާޓީއާ އެމަނިކުފާނު ދުރަށް ޖެހުނު ސަބަބުގެ ވާހަކަ ދައްކަވަން ބަލާއިރު އެއީ “ވަރަށް ގިނަ ވާހަކަ” ކަމަށެވެ. އަދި އިތުރަށް އެ ވާހަކަ ދައްކަވަން ބޭނުންފުޅުނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު މިހާރު މި ހުރީ މި ތަނަށް އައިސް. އަޅުގަނޑު މިހާރު މި އުޅެނީ މި ޕާޓީ އަލުން އަނބުރާ ވެރިކަމަށް ގެންނަން،” ނަޝީދު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީއާ ދުރުގައި ހުންނެވުމަކީ ފަސޭހަ ކަމަކަށްނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އެމްޑީޕީ ދޫކޮށްލެއްވީ ކީއްވެގެންތޯ ތިޔަ ސުވާލުގެ ޖަވާބު އަޅުގަނޑު މިހާރު ދޭން އުޅެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ހަމަ ކޮނުނު ކޮނުނު ވަރަކަށް ފަސްހެން ގިނަވާނީ،” ނަޝީދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ނަޝީދު ޕާޓީއެއް އުފައްދެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުމަށެވެ. އެ މަގްސަދު ހާސިލުވުމުން އެނބުރި ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މިހާރުވެސް އެ މަސައްކަތް ކުރައްވަނީ ވެރިކަމަށް އާދެވޭނެ މަގެއް ހޯއްދެވުމަށެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mdp

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި

WhatsApp Image 2026 06 12 at 17.12.31

ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ސޯލިހު ވިދާޅުވެއްޖެ

Sstv FORM FOR EC

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް މީކާއިލް ތުހުމަތުކުރައްވައިފި