ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އުޅުއްވާތީ ފިޔަވަޅު އަޅައިދިނުމަށް މީކާއިލް އެދިވަޑައިގެންފި

0c2c5b6e f003 4fd0 9656 76a7c0bc33dd
STO_Ads
TTH_Ads
Advertisement

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބްރޭ) އަށް ފިޔަވަޅު އަޅައިދޭން އެ ޕާޓީގެ ޗެއަރޕާސަންކަމަށް ވާދަކުރާ މީކާއީލް އަހްމަދު ނަސީމް އެދިވަޑައިގެންފިއެވެ.

އިބުރޭއަށް ފިޔަވަޅު އަޅައިދިނުމަށް މީކާއިލް އެދިވަޑައިގަތީ، ޗެއަރޕާސަންކަމަށް ވާދަކުރާ ކުރީގެ ރައީސް ނަޝީދުގެ ކެމްޕެއިންގައި އިބުރޭ ބައިވެރިވެވަޑައިގަންނަވާތީއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަށް މީކާއީލް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ކެމްޕެއިންގައި އިބްރޭ އަމަލީ ގޮތުން ބައިވެރިވާތީ އެކަމުގެ ޝަކުވާ ލިބޭ ކަމަށާ އަދި ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގެ ފޮޓޯއާ ވީޑިއޯ އިން އެކަން ކަށަވަރު ކުރެވޭ ކަމަށެވެ. ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީ އަށް މެންބަރުން އިތުރުކުރުމާއި ކެމްޕެއިންތައް ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ވާތީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އޭނާ ހުންނަވަން ޖެހޭނީ ވަކިއަތަކަށް ޖެހިވަޑައިނުގެން ކަމަށް ވެސް މީކާއީލްގެ ސިޓީގައި ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

މީކާއީލް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބަކީ އިބުރޭގެ ބެއްލެވުމުގެ ދަށުން ހިންގާ އިންތިހާބަކަށް ވާތީ، ނަޝީދުގެ ކެމްޕެއިނުގައި އިބުރޭ ހަރަކާތްތެރިވެވަޑައިގަންނަވާތީ އެމްޑީޕީގެ ވަރަށް ގިނަ އާއްމު މެންބަރުން ކަންބޮޑުވުން ފާޅުކުރެއެވެ. އެއީ އިންތިހާބުގެ އިންސާފުވެރިކަމާ މެދު އާއްމު މެންބަރުން ސުވާލު އުފައްދާ ކަމެއް ކަމަށް ވާތީ އެކަމަށް ފިޔަވަޅު އެޅުން މުހިއްމު ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ. ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އިބްރާހީމް ވަހީދު މި ކެމްޕޭނުގެ މުއްދަތަށް އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ދުރުވުމަށް ވެސް މީކާއިލ ްވަނީ ގޮވާލައްވާފައެވެ. އަދި މި މައްސަލައިގައި ޕާޓީގެ އުސޫލުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް މީކާއިން ވަނީ އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެފަދަ ކަންތައްްތައް ތަކުރާރުވިޔަ ނުދޭންކަމަށްވެސް މީކާއިލް ވަނީ ވިދާޅުވެފައެވެ.

މީކާއީލް ވަނީ އެ މައްސަލަ ބަލައި އަވަސް ފިޔަވަޅު އަޅައިދިނުމަށްވެސް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިން ފެށި ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ފެކްޝަންގެ ކޯޅުން އަލުން ވަނީ ފެށިފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mdp

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި

WhatsApp Image 2026 06 12 at 17.12.31

ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ސޯލިހު ވިދާޅުވެއްޖެ

Sstv FORM FOR EC

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް މީކާއިލް ތުހުމަތުކުރައްވައިފި