ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާ ދީފިއެވެ.

މުޒާހަރާގެ އެންމެ ކުރީ ސަފުގައި ހުންނަވައި އާޒިމް ހިންގަވާފައި ވަޑައިގަންނަވަނިކޮށް މަގު ހިނގާފައި އައި މީހަކު އާޒިމްގެ މޭމަތީ އަތްއަޅާ ކޮއްޕާލާތަން ޓީވީތަކުން ލައިވްކޮށް ރޭ ފެނުނެވެ.

ހަމަލާދިނުމާއެކު އާޒިމް އަރިހުގައި ތިބި މީހުންގެ ތެރެއިން ބަޔަކު، އެ މީހާއަށް ރައްދުގައި ހަމަލާދޭތަން ޓީވީން ފެނުނެވެ.

އިޝްތިހާރު އިޝްތިހާރު

އެ ހަމަލާގެ ސަބަބުން ލިބިވަޑައިގަތް އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އާޒިމް ވަނީ ރޭ އޭޑީކޭ ހޮސްޕިޓަލަށް ވެސް ވަޑައިގެންފައެވެ.

މި ހަމަލާދިނީ ކާކުކަމެއް އަދި ސާފެއްނުވެއެވެ.