ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްސީ ނަފާ ލޯނު ސްކީމްގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނަން: ސަޢީދު

minister saeed
TTH_Ads
STO_Ads
Advertisement

ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތަކާއި ގުޅޭގޮތުންހުރި ކަންބޮޑުވުންތައް އިންސާފުވެރިކަމާއެކު ބަލައި ޙައްލު ހޯއްދަވައިދެއްވާނެކަމަށް ޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޓެކްސީ ނަފާ ލޯނުގެ ކަންބޮޑުވުމާއެކު ވަޒީރަށް އެޑްރެސްކުރައްވައި މީހަކު ސޯޝަލް މީޑިއާގައި ލިޔުއްވި ސިޓީއަކަށް ދެއްވި ޖަވާބުގައެވެ. ވަޒީރު ސަޢީދަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީގައި ބުނެފައިވަނީ ޓެކްސީ ނަފާ ލޯނު ސްކީމަކީ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް ގުރޭޓަރ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ޓެކްސީ ވިޔަފާރި ފަށައިގަތުމަށް ދޭ ލޯނެއްގެ ގޮތުގައި ތަޢާރަފްކުރެވިގެން ދިޔަ ސްކީމެއްކަމަށެވެ. ނަމަވެސް، ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރ ކުރުމުގެ ޢަމަލީ މަސައްކަތް ލަސްވެ، ބައެއް ކާރުތައް ރަޖިސްޓަރ ނުވެ ހުއްޓައި ލޯނުދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް ތާއީދު ކުރަމުންދާ ކަމީ، ލޯނު ނެގި ފަރާތްތަކަށް ވަރަށް ބޮޑު ތަކްލީފަކާ ކަންބޮޑުވުންތަކެއް ކުރިމަތިވެފައިވާ ކަމެއްކަމަށެވެ.

ލޯނު ނެގި ފަރާތްތަކަށް ވިޔަފާރިން ލިބެންޖެހޭ ނަފާ ލިބޭނެ ގޮތެއް ނެތި، ލޯނު ދެއްކުމަށް ބާރު ފޯރުވަމުން ދިއުމަކީ ހަމަޔާ ޢަދުލުވެރިކަމާ ޚިލާފު ކަމެއް ކަމަށް ނުދެކޭކަމަށްވެސް މި ސިޓީގައި ބުނެފައިވެއެވެ.

HajjCop_ads
Advertisement

އެ ސިޓީއަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ،އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ޙައްލުތަކެއް ހޯދަން މަސައްކަތްކޮށްދިނުމަކީ ވަޒީރުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކޭކަމަށެވެ. އަދި އެ ސިޓީގައި ފާހަގަކޮށްފައިވާ އެންމެހާ ކަންކަން ބަލައި ދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލެއް ހޯދައި ދިނުމަށް މަސައްކަތްކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސްގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށވެސް ވަޒީރު ވިދާޅުވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HIL0yzSa4AE8LTG

ފިކުރު ތަފާތުވިނަމަވެސް އިޤްތިޞާދީ ތަރައްޤީގައި މަސައްކަތްކުރަންވާނީ ގުޅިގެން: ސަޢީދު

PNC Saeed

ވާދަވެރި ސިޔާސީ ޕާޓީއެއް ނެތުމަކީ އުނިކަމެއް: ސަޢީދު

Saeed

އަންނަ ހަފްތާގައި 2500އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެ ގެނެވޭނެ: ސަޢީދު

minister saeed

ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ މަޝްވަރާކުރުމަށްފަހު: ސަޢީދު