ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު، ވެރިކަންކުރާ ޕީއެންސީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

ޖާބިރު ވިދާޅުވީ، ގުޅިވަޑައިގަންނަން ނިންމެވީ ރައީސް ޑރ. މުއިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ވެރިއަކަށް ވާތީކަމަށެވެ.

ޕީއެންސީއަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ޕާޓީއެއް ކަމަށް ވެސް މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ޖާބިރަކީ ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ މެންބަރުކަން ކުރައްވާފައެވެ. ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފްވުމާއެކު ފުރަތަމަ ޖާބިރު ގުޅިވަޑައިގަތީ ޑީއާޜްޕީއާއެވެ. އެއަށްފަހު ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގައި ވެސް ޖާބިރު އިސް ދައުރެއް އަދާކުރެއްވިއެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ވެސް ޖާބިރު ވަނީ ޕީއެންސީއާއެކު މަސައްކަތް ކުރައްވާފައެވެ.