ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަޖިސްޓްރީނުކޮށް ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހިންގާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Igmh
STO_Ads
TTH_Ads
Advertisement

ރަޖިސްޓްރީނުކޮށް ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހިންގާތީ ސަމާލުވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެންޑް ހަޔާ އެޑިޔުކޭޝަނުން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ކޮށްފަވާ އިއުލާނެއްގައި ބުނެފައިވަނީ، “އެސްއޭއެސް މެޑިކަލް ކޮލެޖް”ގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއްކަމަށް ބުނެ އިޝްތިހާރު ތަކެއް ކުރާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ނަމެއް ކިޔާ މެޑިކަލް ކޮލެޖެއް ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައި ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށާއި، އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވާސިޓީއެއް، ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ވެސް ކުށެއް ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

HajjCop_ads
Advertisement

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister Dr ismail

އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު %77 ވަނީ އިތުރުވެފައި: ޑރ. އިސްމާޢިލް

minister Dr ismail

ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފަށާނަން: މިނިސްޓަރު

Minister Ismail Shafeeu

އިނާޔަތެއް ދީގެންވެސް މުދައްރިސްކަން ކިޔެވުމަށް ޝައުޤުވެރިކުރުވުމުގެ ވިސްނުން އެބަހުރި: ޑރ. އިސްމާޢިލް

މަތީ އަރުތަވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދު: ޑރ. އިސްމާޢީލް