ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖާ ޢުމްރާގެ ޚިދުމަތް ދިނުމާއި ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލަނީ

Shaheem
STO_Ads
TTH_Ads

ޙައްޖާ ޢުމްރާގެ ޚިދުމަތް ދިނުމާއި ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޢުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކާ، ދަތުރުނުކުރެވުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޑރ.ޝަހީމް ވިދާޅުވީ، މިފަދަ މައްސަލަތަކަށް އަދުލުވެރި ޙައްލެއް ގެނެވޭނީ އަދުލުވެރި، އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލައިގެންކަމަށެވެ.

މިޤާނޫނުގައި ޙައްޖު ކޯޕަރޭޝަންގެ ދައުރާއި އަމިއްލަ ކުންފުނިތަކުގެ ދައުރާއި، ޚިދުމަތް ދިނުމުގައި ކުންފުނިތަކުން ކުރާ ކުށްތަކަށް އަދަބުދެވޭނެ ހަރުދަނާ ނިޒާމެއް ހިމެނެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޤައުމުތަކުގައިވެސް މި ޚިދުމަތް ތަރުތީބުކޮށް، ދެމުން އަންނަނީ ޚާއްސަ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންކަމަށެވެ. މިފަދަ ކުށްތަކާއި އިޙުމާލުތައް ހުއްޓުވޭނީ ޤާނޫނުގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ.

Maldivian_Ads

“މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ޙައްގުތަކާއި ގުޅޭ ކަމެއް. ޤާނޫނެއް އޮންނަންޖެހޭ. މާދުރު ނޫން މުސްތަޤްބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ޙައްލެއް ގެނެވޭނީ.” ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަހަރު އަދި ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރުވެސް، ޢުމްރާއާއި ޙައްޖުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ކުންފުނިތަކުން އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އަޅުކަމަށް ދަތުރުނުކުރެވުމާއި، އާއްމު ރައްޔިތުންގެ އެތައް ފައިސާއަކަށް އިޙުމާލުވުމުގެ މައްސަލަތަކަށް ފެންމަތިވެފައިވެއެވެ.

މިހާރު މިޚިދުމަތް ދެނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކަކާއި ޤަވާއިދުތަކެއްގެ ދަށުންނެވެ. ނަމަވެސް ޤާނޫނެއްގެ ދަށުން ޚިދުމަތް ދޭން ފެށުމުން، މައްސަލަތައް ބެލުމުގެ އޮނިގަނޑު ހަރުދަނާވެ ޒިންމާދާރުކަމާއެކު ޚިދުމަތް ދިނުމަށް މަގުފަހިވާނެއެވެ. އަދި ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެއެވެ.

ރާއްޖޭގައި ޢުމްރާގެ ޚިދުމަތް ދިނުމަށް މިހާރުވެސް ގިނަ ކުންފުނިތަކެއް ރަޖިސްޓްރީވެ އެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

umra

ޙައްޖު ކޯޕަރޭޝަންގެ ޢުމްރާ ގްރޫޕްގެ ފަހު ފްލައިޓު ރާއްޖެއަށް

ޙައްޖު ކޯޕަރޭޝަންގެ ފުރަތަމަ ފްލައިޓު، 58 ޢުމްރާވެރިން ރާއްޖެއަށް

ޙައްޖާއި ޢުމްރާވެރިންނަށް ޚާއްސަ މެޑިކަލް ކްލިނިކެއް މައްކާގަައި ހުޅުވައިފި

dr shaheem

އަމާޒަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުން އެންމެ ގިނަ ޤައުމަށް ރާއްޖެ ހެދުން: ޑރ. ޝަހީމް