ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު، އެމެރިކާގެ ރައީސް އިތުރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
STO_Ads
Advertisement

ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުކޮށްފިއެވެ.

އެމެރިކާގެ ރައީސް މިކަން އިއުލާންކޮށްފައިވަނީ އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.

މެސެޖްގައި ޓްރަމްޕް މަސައްކަތް ކޮށްފައިވަނީ، އީރާނުގެ ވެރިކަމުގައި ރެނދުލާފައިވާކަން ދުނިޔެއަށް ދެއްކުމަށެވެ.

HajjCop_ads
Advertisement

ޓްރަމްޕްގެ މެސެޖްގައި ބުނެފައިވަނީ، އީރާނުގެ ސަރުކާރުގައި ވަރަށް ބޮޑަށް “ރެނދުލައި” ފަޅައިގެން ގޮސްފައިވާ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އޭނާ އިތުރުކުރީ އެކަމުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އެމެރިކާއިން އިތުރު ކުރީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ޕާކިސްތާނު ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރުގެ އެދިވަޑައި ގަތުމަށް ކަމަށްވެސް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.

އަދި މުއްދަތު އިތުރުކުރެވުނީ، އީރާނުގެ ލީޑަރުންނާއި މަންދޫބުންގެ ފަރާތުން އެއްބައިވަންތަ ހުށަހެޅުމެއް ހުށަހަޅަންދެން ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅަންދެން، އީރާނަށް ދަތުރުކުރާ ތެޔޮ ޓޭންކަރުތަކާއި، އާގުބޯޓާއި އަދި އީރާނުން ފުރައިގެންދާ ތެޔޮ ޓޭންކަރުތަކާއި އާގުބޯޓުފަހަރު ބްލޮކް ކުރުމަށް އެމެރިކާ ސިފައިން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އަންގާފައިވާނޭ ކަމަށްވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެސެޖްގައި ބުނެފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ދެ ހަފްތާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ރާއްޖޭ ގަޑިން ބުދަ ދުވަހުގެރޭ މެންދަމުއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އިސްލާމްއާބާދުގައި އެއްބުރުގެ ވާހަކަތައް ބޭއްވި ނަމަވެސް، ދެވަނަ ބުރުގެ ވާހަކަތަށް ދިއުމަށް އީރާނުންވަނީ ދެކޮޅު ހަދާފައެވެ.

ދެވަނަ ބުރުގެ ވާހަކަތަކަށް ދިއުމަށް އީރާނުން ދެކޮޅު ހެދީ، އީރާނުން ހޮރްމޫޒު ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް އެއްކޮށް ހުޅުވާލުމުންވެސް އެމެރިކާއިން އީރާނުގެ އުޅަނދުފަހަރަށް ހުރަސްއެޅުން ހުއްޓާނުލުމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށްކަށް ނުދޭ: އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު

ހޮރްމޫޒުގައި އެމެރިކާ ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު: އީރާން

މެސެޖްގެ ޒަރީއާއިން އީރާނާއި އެމެރިކާ ވާހަކަ ދައްކަނީ، އެމެރިކާއިން ރޭގައި އީރާނަށް ހަމަލާނުދޭ

އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އަނެއްކާވެސް ބުނެފި