ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ވާޖިބަށް ހުރަސައެޅި ދެ މީހުން ވެސް ދޫކޮށްލައިފި

STO_Ads
TTH_Ads
Advertisement

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ވެސް ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ މާލޭގައި ކުރިއަށް ދިޔަ އެއްވުމުގައި، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

އެއީ، އުމުރުން 30 އަހަރާއި 49 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެމީހުންގެ ތެރެއިން 49 އަހަރުގެ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި 30 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކަށް ފަހު އޭނާ ވެސް ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ނައިބު ރައީސް، މައިމޫން މުހައްމަދު އާއި އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުﷲ ރަޝީދު (ވާވާ) އެވެ.

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ސަރުކާރަށް 12 ޑިމާންޑެއްކޮށް ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ. އެމްޑީޕީގެ އިތުރަށް ދެން އެ މުޒާހަރާތަކުގައި ބައިވެރިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ މެމްބަރުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖުމްލަ 24 ދަޅު ބަނގުރަލާއެކު ހުޅުމާލޭން ޒުވާނަކު ހައްޔަރުކޮށްފި

ޕޮލިސް މެމޯރިއަލް ޑޭގެ ރަސްމިއްޔާތު ބާއްވައި، ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށްފި

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމަށް ތުހުމަތުވާ ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި