ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

TTH_Ads
STO_Ads
Advertisement

ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ.ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް އުމުރުން 47 އަހަރުގެ ޖަޒީލު މުޙައްމަދުއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މީގެކުރިން ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 5 ވަނަ މީހާއެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ހައްޔަރުކުރި އިތުރު މީހުންނަކީ:

– ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު (40އ)
– ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް (40އ)
– ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް (36އ)
– މާލެ، މ. އޭސިއާ، އަޙްމަދު ފާރިސް (39އ)

މި ވައްކަމުގައި ޖުމުލަ ހަތަރު މިލިޔަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވެއެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 50،000 ފަންސާސް ހާސް ދިވެހި ރުފިޔާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

c

އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް ފުލުހަކު ފުރިހަމަކޮށްފި

މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Big zD8qvWccXUybzzEi5LHNXdFNB

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން 2 މީހުން ހައްޔަރުކޮށްފި

ހިއުމަން ސްމަގްލިންގްއާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގައި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ