ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޕީއެންސީން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ރައީސް

DSC
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުގައި ނާކާމިޔާބީ ލިބުނީ، އެކަމަށްޓަކައި ކުރި ކެމްޕޭންގައި އެކަށީގެންވާ މަސައްކަތްތަކެއް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން ކޮށްފައިނުވާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކޮންޓްރޯލް ކުރަމުން އައި އއ. އަތޮޅުގެ އުކުޅަހާއި ތޮއްޑޫ އާއި ރަސްދޫން ނިމިދިޔަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓުން ނާކާމިޔާބުވި އެއް ސަބަބަކީ އެކަމަށްޓަކައި، ޕީއެންސީގެ ކެމްޕެއިން ޓީމްތަކުން އެެކަށީގެންވާ މަސައްކަތް ނުކުރުން ކަމަށެވެ.

“އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް. އެކަމަކު އެކަން ކިޔައިދޭން އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެވޭ. އަޅުގަނޑުމެން އެބަޖެހޭ، މި ދަންނަވަނީ އަޅުގަނޑުމެން ޕީއެންސީގެ ޓީމުގެ ވާހަކަ. ޖުމްލަކޮށް މުޅި ރައްޔިތުންގެ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕޭން ޓީމުތަކުން އެ މަސައްކަތް ރަނގަޅަށް ކުރެވިފައެއް ނެތް” ރައީސް

HajjCop_ads
Advertisement

ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަން ކިޔައިދޭން ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވުމުން ރައްޔިތުން ގަބޫކުރީ އިދިކޮޅު ފަރާތްތަކުން ފެތުރި ވާހަކަތައް ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހަރުދަނާ ނިޒާމެއް ގެންގުޅެވޭނީ ޕާޓީގެ އެތެރޭގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ވަރުގަދަ ކޮށްގެން ކަމަަށާއި އޭރުން ކުރިއަށް އޮތް ރިޔާސީ އަދި މަޖިލިސް އިންތިހާބަށް ގާބިލު، އެންމެ އެކަށީގެންވާ ކެންޑިޑޭޓުން ނެރެ، އެ އިންތިހާބުތައް ކާމިޔާބު ކުރުމަށް ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޕީއެންސީ ވަރުގަދަކުރުމަށް އަންނަ އޮކްޓޫބަރުގައި އޮންނަ ޕީއެންސީގެ ކޮންގްރެސްއަކީ އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅު ކަމަށާއި މިއަދުން ފެށިގެން ކޮންގްރެސްއަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Download 2026 09 18T155550.812 1536x1024

ޕީއެންސީގެ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވައިފި