ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ގިނަ ގޮނޑި ކޮންގްރެސްއަށް

PNC
STO_Ads
TTH_Ads
Advertisement

މި މަހުގެ ހަތަރުވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެ އެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް ހުރިހާ ދާއިރާތަކެއްގެ ނަތީޖާތައް މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.

ނާއިމީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ކޮންގްރެސް ޕާޓީން ވަނީ 581 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 562 ގޮނޑި އެވެ. އެހެން ކަމުން 21 ގޮނޑީގެ ފަރަގުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށްވަނީ ކޮންގްރެސް އެވެ.

HajjCop_ads
Advertisement

އަމިއްލަ ގޮތުން ވާދަކުރި 168 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކޮށަފަ އެވެ. އެމްޑީއޭއަށް 23 ގޮނޑި ލިބުނެވެ. އަދާލަތަށް ހަ ގޮނޑި އަދި ޖުމްހޫރީ ޕާޓީއަށް ހަތަރު ގޮނޑި ލިބިފައިވެ އެވެ.

ޑިމޮކްރެޓްސް އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ސިޓީތައް ފިޔަވާ ހުރިހާ ދާއިރާއަކުން ކުރީގައި ކޮންގްރެސް
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި 1346 ކެންޑިޑޭޓުން އިންތިޚާބު ކޮށްފައިވެ އެވެ.

އޭގެ ތެރެއިން ފަސް ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ގިނަ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސް ޕާޓީންނެވެ. ކައުންސިލް ރައީސްގެ 75 ގޮނޑި އެ ޕާޓީން ކާމިޔާބުކުރި އެވެ. އެމްޑީޕީއަށް ލިބުނީ 73 ގޮނޑި އެވެ.

ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރި ގޮނޑިތަކުން 101 ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ކުރި އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވުނީ 87 ގޮނޑި އެވެ.

ކައުންސިލް މެންބަރު ކަމުގެ 99 ގޮނޑި ކޮންގްރެސް އިން ހޯދިއިރު އެމްޑީޕީއަށް ލިބިފައި ވަނީ 82 ގޮނޑި އެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސާ އިންގެ 83 ގޮނޑި ކޮންގްރެސް އަށް ލިބުނެވެ. އެމްޑީޕީއަށް ލިބުނީ 60 ގޮނޑި އެވެ.

ކޮމެޓީތަކުގެ މެންބަރުންގެ 214 ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބުކުރި އެވެ. އެމްޑީޕީއަށް ލިބުނީ 167 ގޮނޑި އެވެ.

ސިޓީތަކުގެ 45 ގޮނޑި އެމްޑީޕީން ހޯދިއިރު ކޮންގްރެސްއަށް ލިބުނީ ފަސް ގޮނޑި އެވެ. ސިޓީތަކުގެ ކޮމެޓީތަކުން އެމްޑީޕީން 42 ގޮނޑި ހޯދި އެވެ. ކޮންގްރެސްއަށް ލިބުނީ ހަތަރު ގޮނޑި އެވެ.

ދެތީން ހަތަރު ރަށެެއްގެ ބައެއް ގޮނޑިތަކަށް ދެވަނަ ބުރެއް ބާއްވަން ޖެހުނެވެ. އެއީ ވޯޓުން އެއްވަރު ވެގެންނެވެ. ދެވަނަ ބުރު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ޕީއެންސީގެ އިންތިޚާބު ކުރިއަށްދަނިކޮށް ބަޔަކު މާރާމާރީ ހިންގި މައްސަލަ ބަލަނީ

Ew

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް

FB IMG

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ ވޯޓުލި

FB IMG

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި