ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާދަމާގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި

43
STO_Ads
TTH_Ads
Maldivian_Ads
Advertisement

ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، އޭގެ ފަހުން ވެސް ވިއްސާރަ ކުރިއަށްދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.

މިއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ނަމަވެސް، މިހާރު ކުރަމުންދާ ވިއްސާރައަކީ މި ސަރަހައްދުގައި އުފެދިފައިވާ ބޯ ވިލާގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ. ވިއްސާރަވި ނަމަވެސް، އިހުސާސްކުރެވޭ ހޫނުމިން މަތިކޮށް ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ.

HajjCop_ads
Advertisement

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް އާންމުގޮތެއްގައި އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

moosun

އެލްނީނޯގެ އަސަރު އަންނަ އަހަރުގެ ފެބުރުވަރީމަހާ ހަމައަށް ދެމިގެންދާނެ

male city

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުފެދޭ އެލްނީނޯގެ އަސަރު އެންމެ ގަދަވާނީ ނޮވެންބަރުގައި: މެޓް

moosun

މިއަހަރު އެންމެ ހޫނުގަދައީ މިއަދު

hulhumale

ކުރިއަށް އޮތް ތިން މަހު ވެސް ރާއްޖެއަށް ހޫނުގަދަވާނެ ކަމަށް ލަފާކޮށްފި