ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުން ޚިދުމަތް ދެނީ ރައްޔިތުން ވޯޓުދޭ ގޮތަކަށް ބަލައިގެން ނޫން: މިނިސްޓަރު މުއްޠަލިބު

WhatsApp Image 2026 04 15 at 09.25.29
STO_Ads

ރައްޔިތުން ވޯޓުދޭ ގޮތަކަށް ބަލައިގެން ސަރުކާރުން ޚިދުމަތްތައް ފޯރުކޮށްނުދޭނެ ކަމަށާއި، އިންތިޚާބުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ.

މިނިސްޓަރު މި ޔަގީންކަން ދެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުން ގޮނޑިތައް ކާމިޔާބުކުރި ރަށްތަކުގައި މަޝްރޫއުތައް ހުއްޓޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މިނިސްޓަރު ދޮގުކުރެއްވިއެވެ. ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

Maldivian_Ads

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި، އެ މަސައްކަތް މިހާރު ވެސް ބާރުމިނުގައި ކުރިއަށްދާކަން މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ.

“ސަރުކާރުގެ ފަލްސަފާއަކީ ރައްޔިތުން ވޯޓުދޭ ގޮތަށް ބަލައިގެން ޚިދުމަތް ދިނުމެއް ނޫން. ވައުދެއް ވެފައިވާނަމަ، އެކަން އަޅުގަނޑުމެން ފުރިހަމަކުރާނަން،” މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް މަޝްރޫއުތައް ލަސްވަނީ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން މާލޭގެ ބޭރު މަގުތައް ހެދުމުގެ މަޝްރޫއާއި އާ މާރުކޭޓުގެ މަސައްކަތް ލަސްވަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބޭނުންވާ އެއްބާރުލުން އެންމެ ފުރިހަމައަށް ނުލިބޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު މުއްޠަލިބު ވަނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި، ސިޔާސީ ފިކުރަށް ބެލުމެއް ނެތި ހުރިހާ ކައުންސިލްތަކަކުން ވެސް ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މާލެއާއި އައްޑޫ ސިޓީ ކައުންސިލަށް މިނިސްޓަރު މުއްޠަލިބު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

DSC

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ: މުއްޠަލިބު

Original

ފްލެޓްދިނުމުގައި އިސްކަންދޭން ނިކަމެތީންގެ ދަފްތަރެއް އެކުލަވާލަނީ

dr muthalib

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހިންގަނީ އަލަށް ގެ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަހިކޮށްދިނުމަށް