ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލްއަޤްޞާ މިސްކިތަށް ވަދެގަތް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

އިސްރާއީލުގެ އޮފިޝަލުންތަކެއް ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް ބިނާއެއް ކަމަށްވާ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ މި އަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިއީ އެ މިސްކިތުގެ މުޤައްދަސްކަމާއި ޤާނޫނީ ހައިސިއްޔަތު ނަގާލުމަށްޓަކައި އިސްރާއީލުން ގަސްދުގައި ހިންގާފައިވާ ފިނޑި އަމަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްޤުތަކަށް އަރައިގަތުމުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންގެ އިހުސާސްތަކާ ކުޅެ، ކުރިމަތި ކުރި ވަރަށް ބޮޑު އިހާނެތްތެރި ކަމެކެވެ. އަދި އަލްއަޤްޞާ މިސްކިތަށް މުސްލިމުން ވަނުން ހަނިކުރުމާއި، ތަކުރާރުކޮށް އިސްރާއީލުން ހިންގާ މިފަދަ ޢުދުވާނީ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ ’ސްޓޭޓަސް ކޯ‘ ނުވަތަ މިހާރު އޮތް ހާލަތު އެގޮތުގައި ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ. މީގެ އިތުރުން، އިސްރާއީލުން ހިންގާ އިންސާނީ ހައްޤުތަކާ ޚިލާފު ލާއިންސާނީ އަމަލުތަކަށް އެ ގައުމު ޒިންމާދާރު ކުރުވުމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ދިވެހިރާއްޖެއިން ވަނީ ބާރުއަޅާފައެވެ.

މި ބަޔާން ނިންމާލަމުން، ފަލަސްތީނުގެ މިނިވަންކަމާއި އެ ގައުމުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި، ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަލަސްތީނު މައްސަލައިގައި ހުޅަނގުން ތެދުވުމުން ސަރުކާރުން މަރުހަބާ

ރާއްޖެއިން ފަލަސްޠީނަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ: އިރުތިޝާމް

Foreign ministry

ސުލްހައިގެ މަގުޗާޓަށް އިސްރާއީލުން ދެކޮޅު ހެދުން ރާއްޖެއިން ކުށްވެރިކޮށްފި