ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތ. ގުރައިދޫ 10 ގޮނޑިވެސް ކޮންގްރެސްއަށް

TTH_Ads
STO_Ads
Advertisement

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ބޮޑު ތާއީދެއް އޮންނަ ތ. ގުރައިދޫ އިން އިއްޔެގެ އިންތިޚާބުގައި ވެސް ތަފާތު ނަތީޖާއެއްް ދައްކައި ސަރުކާރަށް އޮތް ތާއީދު ހާމަކޮށްފި އެވެ.

އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ގުރައިދޫން ވަނީ 10 ގޮނޑި ވެސް ކޮންގްރެސް ޕާޓީއަށް ދީފަ އެވެ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ތަޢުފީޤް އަލީ އެވެ. ތަޢުފީޤު ވަނީ 668 ވޯޓް ހޯދާފަ އެވެ. އޭނާއާ ވާދަކުރި އަމިއްލަ ކެންޑިޑޭޓް މުޙައްމަދު ޒަޢީމްއަށް ލިބުނީ 529 ވޯޓެވެ.

އެ ރަށު ކައުންސިލްގައި އަންހެނުންގެ ޚާއްސަ ދެ ގޮނޑި ވެސް ކާމިޔާބު ކުރީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އެގޮތުން ކޮންގްރެސްގެ ދެ ކެންޑިޑޭޓުން ކަމަށްވާ އައިޝަތު ފަރީނާ އާއި ފާތިމަތު ފަތޯނާ ވަނީ އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ. ފަރީނާއަށް 806 ވޯޓް ލިބުނެވެ. ފަތޯނާއަށް 670 ވޯޓް ލިބިފައިވެ އެވެ. އަމިއްލަ ގޮތުން ވާދަކުރި އައިޝަތު މުނާއަށް ލިބުނީ 555 ވޯޓެވެ.

HajjCop_ads
Advertisement

ރަށު ކައުންސިލްގެ ދެ މަޤާމަށް ވެސް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. ކޮންގްރެސްގެ ކެންޑިޑޭޓް އަބްދުالله ޔަޝައުއަށް 695 ވޯޓް ލިބުނުއިރު ޝަމީމް އިބްރާހިމަށް ލިބުނީ 687 ވޯޓެވެ.

ދެން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އިބްރާހިމަށް 380 ވޯޓް ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރި މުޙައްމަދު އަފްޒަލް މޫސާއަށް ލިބުނީ 330 ވޯޓެވެ.

ޑަބްލިއުޑީސީގެ ފަސް ގޮނޑިވެސް ކޮންގްރެސް އަށް
އިއްޔެ އޮތް އިންތިޚާބުގައި ތ. ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ ގޮނޑި ހިމެނޭހެން ފަސް ގޮނޑިވެސް ލިބުނީ ކޮންގްރެސް ޕާޓީއަށެވެ.

އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބުނު ރަށަކީ ވެސް ތ. ގުރައިދޫ އެވެ. އޭގެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައިވެސް އެ ރަށުގެ ރައްޔިތުން އިންތިޚާބު ކުރީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުރައިދޫ މަގުހެދުމުގެ މަސައްކަތް ފަށައިފި

Minister Rafiu

މިއީ އާ ފެށުމެއްގެ ގޮތުގައި ކުރިއަށްދާންވީ ވަގުތު: ރާފިޢު

ގުރައިދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

pnc office

ހިތަދޫ އުތުރު ދާއިރާ: ކޮންގްރެސް ޕާޓީގެ ޕްރައިމަރީ މި މަހު 25 ގައި