ތ. ގުރައިދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތުގެ އަށްޑިހަ ދެ އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޮޑުހިލަ އަދި ޖިއޯ ބޭގް ބޭނުންކޮށްގެން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ.
ޖުމްލަ ސަތޭކަ ހައެއް ޕޮއިންޓް ސިފަ ދެ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތޭރަ ޕޮއިންޓް އަށް ސިފަ ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނުވަސަތޭކަ ހަތްދިހަ ނުވަ މީޓަރުގެ ސަރަޙައްދެއްގައި ހިލަ ރެވެޓްމެންޓް ޖެހުމާއި، ހަސަތޭކަ ނުވަ މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ގުރައިދޫގައި އެއާޕޯޓެއް ތަރައްޤީ ކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ޒަމާންވީ ބޮޑު ހުވަފެނެކެވެ. މިއީ ތ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއާޕޯޓެވެ.
މި މަޝްރޫޢު ނިމުމުން ދަތުރުފަތުރަށް ބޮޑު ލުއިކަމެއް ލިބި، ރަށުގެ ގެސްޓްހައުސް ވިޔަފާރިއަށާއި މުޅި އަތޮޅުގެ އިޤްތިޞާދަށް އެދެވޭ ކުރިއެރުމެއް ލިބޭނެއެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގެ ފަތުރުވެރިކަން ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެން ދިއުމެވެ.










ކިޔުންތެރިންގެ ހިޔާލު