ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުރައިދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

STO_Ads
TTH_Ads
Advertisement

ތ. ގުރައިދޫ އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް ސަރުކާރުން ފެށި މަޝްރޫގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނީ، މި މަހުގެ އެއް ވަނަ ދުވަހު ގުރައިދޫ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީން ގުރައިދޫ އައުޓްޑޯ ޖިމްގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

MMA_Ads
HajjCop_ads
Advertisement

މި އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވެސް އެކަމިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި މަޝްރޫއުތަކަކީ ރައްޔިތުންގެ ޖިސްމާނީ، އަދި ނަފްސާނީ ޙާލަތު ރަނގަޅުކޮށް، ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާގެން ކުރައްވަމުން އަންނަ މަސައްކަތްތަކެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އަމާޒުގެ ދަށުން ސަރުކާރުން ވަނީ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން އެޗްޑީސީން 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މަޝްރޫއުތައް މި މަސްތެރޭގައި ވަނީ ފަށާފަ އެވެ. އެގޮތުން މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައި ވާއިރު، 13 ރަށެއްގައި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެޗްޑީސީ އިން އަންނަނީ ކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު ނިންމުމާ ގާތަށް

Igmh

 ވީއައިއޭގެ މަގު މަރާމާތުކުރުމަށް ބަސް ރޫޓަށް ބަދަލުގެނެސްފި

ފިނޭގައި ތަރައްޤީކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފި

H6txovzbmjojwefnjhdb

ބޮޑުތަކުރުފާނު މަގުގެ ބަންދުކޮށްފައިވާ ސަރަހައްދަށް ފެރީ ލެފޭނެ އިންތިޒާމު ހަމަޖައްސައިފި