ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުރައިދޫ އެއާޕޯޓް ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ

Ew
STO_Ads
Maldivian_Ads
TTH_Ads
Advertisement

ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށްޓަކައި ކުރިއަށްދާ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ 79 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަހައްދު ގިރުމުން ސަލާމަތްކުރުމަށްޓަކައި ރޮކް ބޯލްޑަރ ރެވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، ޖިއޯ ބޭގް ރެވެޓްމަންޓް ހަރުކުރުމުގެ އަމަލީ މަސައްކަތްތަކެވެ.

މި މަޝްރޫއަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ 106.02 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 16 ނޮވެމްބަރު 2024 ގައެވެ.

HajjCop_ads
Advertisement

300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، އެއާޕޯޓް އެޅުމަށްޓަކައި 13.80 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 979 މީޓަރުގެ ބޮޑުހިލައިގެ ރެވެޓްމަންޓަކާއި 609 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމަންޓް ގާއިމުކުރުން ހިމެނެއެވެ.

ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރެވިގެން ދިއުމަކީ އެ ރަށުގެ އިތުރުން މުޅި އަތޮޅުގެ ދަތުރުފަތުރަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެކެވެ.

މި މަޝްރޫއު ނިމި އެއާޕޯޓްގެ ހިދުމަތް ފެށުމުން، ސަރަހައްދީ ގުޅުން ބަދަހިވެ، ވަޒީފާގެ އާ ފުރުސަތުތަކާއެކު ރައްޔިތުންނަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ކެޕޭސިޓީ ވަރުގަދަކުރާ ޑްރެޖަރާއެކު ކުރިއެރުން ބޮޑުވާނެ: ރައީސް

އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމުގެ މިދަނީ މަސައްކަތް ކުރަމުން: ރައީސް

Big 4Yhtv5ebvnWRh1V910y7Jct1r

އަމީނީ މަގުގެ އަލުން ތާރުއެޅި ބައިި ހުޅުވާލާނީ ހަތަރު އަނގޮޅި ތަރައްޤީކުރުމަށްފަހު: އެމްޓީސީސީ

އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި