ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވ. އަތޮޅުގައި ކަނޑުމަތީގެ އެކްސިޑެންޓް ހިނގި ސަރަހައްދުން މީހެއްގެ އަތެއް ފެނިއްޖެ

Iu
STO_Ads

ވ. ފެލިދޫ ކައިރިން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ، އިންޑިއާގެ ބިލިނިއަރު ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި މީހެއްގެ އަތެއް ބުރިވެފައިވަނިކޮށް، އެ ސަރަހައްދުގެ ކަނޑުއަޑިން އިންސާނެއްގެ އަތެއް ފެނިއްޖެއެވެ.

ބުރިވެފައި އޮތް އަތެއް ފެނުނީ ވ. ދިއްގިރި ޝާކް ޕޮއިންޓަށް ޑައިވިންއަށް ގޮސް އުޅުނު ބަޔަކަށެވެ. މިކަން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ. އަތް ފެނުނު ސަރަހައްދަކީ އެކްސިޑެންޓު ހިނގި ސަރަހައްދާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

އެ އަތް ފެނުމުން ފެނުނު މީހުން ވަނީ އެ މަންޒަރު ވީޑިއޯކޮށް އާންމުކޮށްފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، އަތް ބުރިވެފައިވަނީ އުޅަނބޮށީގެ މަތިންނެވެ. އަދި އަތުގެ އިނގިލިތައް ފިޔަވައި ދެން ހުރި ބައިގެ މަސްގަނޑު އެއްކޮށް ނެއްޓި، ކަށިގަނޑު އޮތީ ފެންނާށެވެ. ފުލުހުން ބުނީ އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Maldivian_Ads

މި އެކްސިޑެންޓުގައި އަތް ބުރިވީ އުޅަނދުގައި ހުރި އިންޑިއާގެ މީހެކެވެ. އޭނާ އިތުރު ފަރުވާއަށް މި މަހުގެ 21 ވަނަ ދުވަހު ވަނީ އިންޑިއާއަށް ގެންގޮސްފައެވެ. ހާދިސާ ހިނގިއިރު، އެ އުޅަނދުގައިހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި، އިނގިރޭސިވިލާތުގެ އަންހެނަކާއި ރަޝިއާގެ އަންހެނެކެވެ.

ގަޑިއަކު 100 މޭލަށް ވުރެ ބާރަށް ދުއްވޭ މި ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި ފަސް މީހަކު މޫދަށް ވިއްސައިގެން ދިޔަ އެވެ. އޭގެ ތެރެއިން އިންޑިއާގެ ދެ މީހަކު އަދިވެސް ފެނިފައެއް ނުވެ އެވެ. ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގާއި، ޔޮޓްގެ ކެޕްޓަން މަހޭޝް ރާމަޗަންދުރަން ހިމެނެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

އުދަރެސް ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

އުދަރެސް ބޯޓް އަޑިއަށް ގޮސް މުދާތައް އޮޔާ ދަނީ، ސަމާލުވާން އެދިއްޖެ

438973 3 79addf0e8736eff3e3c0ae5bbb02a84bc8ee52ff

ޖަރުމަނުގެ ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހުނީ ދޯނީގެ ފަހަތުން މޫދަށް ފުންމާލުމުން!

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް