ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ރޭ ބޭއްވި ބީއެމްއެލްގެ 43 ވަނަ އަހަރީ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވާއިރު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322 މިލިއަން ރުފިޔާ ބަހާނެެއެވެ.

މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދުކަން ފާހަގަކޮށްލަން ޖެހެއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެހިއްސާ ދިނުމަށްވެސް ފާސްކޮށްފައި ވެއެވެ. މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމްލަ 2091.80 ރުފިޔާގެ ނަފާއެކެވެ.

ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުމެވެ.

ވޭތުވެދިޔަ އަހަރު ބޭންކުން ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެކުރިއެރުމެކެވެ. މި ކުރިއެރުމަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އިތުރުވުމުން ހޯދުނު ކާމިޔާބީއެކެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށްވުރެ މައްޗަށްއުފުލިފައިވާއިރު، ކަސްޓަމަރުން ބެންކަށް ޖަމާކޮށްފައިވާ ފައިސާ ވަނީ 37.2 ބިލިއަންރުފިޔާއަށް އިތުރުވެފައެވެ.

މިއީ ކަސްޓަމަރުންގެ މެދުގައި ބޭންކަށް އޮތް އިތުބާރުގެވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. ބޭންކުގެ ހަރުދަނާ ރިސްކް މެނޭޖްމެންޓުގެ އިތުރުން ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި 48.1% ގައި ދެމެހެއްޓިފައި ހުރި ކެޕިޓަލް އެޑެކުއަސީ ރޭޝިއޯއާއި ލިކުއިޑީޓީ ޕޮޒިޝަނުން މި ނަތީޖާ އިތުރަށް ހަރުދަނާކޮށްދެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި