ޚުތުބާ ކިޔުމާއި އިމާމްވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އދ. މާމިގިލީގައި ބޭއްވި ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި 26 ހަތީބުން ސަނަދު ހާސިލްކޮށްފައިވާ ކަމަށެވެ.

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނީ އެހެން ތަމްރީނުތައް ވެސް އުގަންނައިދެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ގްރޭޑް 10 ގައި ކިޔަވާ ކުދިންނާއި އޭލެވެލް ހަދާ ކުދިންގެ އިތުރުން ސްކޫލް ނިންމާފައި ތިބި ޒުވާނުންނަށެވެ.

އެ މިނިސްޓްރީން ބުނީ ތިން ބުރެއްގެ މަތިން 270 ކުދިން ހުތުބާ ކިޔުމާއި އިމާމްވެ ހުކުރު ކުރުމަށް ތަމްރީނު ކޮށްފައިވާ ކަމަށެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި 1،000 ހަތީބުން ތަމްރީނު ކުރުމަށެވެ.