ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާން ޚަތީބު ޕްރޮގްރާމް ނިންމި 91 ދަރިވަރަކަށް ސަނަދު ދީފި

Image
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހުކުރު ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމަށް ހިންގި ޒުވާން ޚަތީބު ޕްރޮގްރާމް ފުރިހަމަކުރި 91 ޒުވާނަކަށް އިސްލާމިކް މިނިސްޓްރީން ސަނަދު ދީފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި ގާބިލު ޒުވާން ޚަތީބުންނާއި އިމާމުންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިމާމުކަމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، ދީނީ އިލްމާއި ހުނަރު އިތުރަށް ތަރައްގީކުރުމަށް ދެމިތިބުމަށް އެދިވަޑައިގެންނެވިއެވެ.

ހަމައެކަނި ހުކުރު ޚުތުބާ ކިޔުމަށް ސަމާލުކަން ނުދީ، ޖަމާއަތުގެ ނަމާދުތަކުގައި ވެސް އިސްނަގައިގެން ބައިވެރިވެ، މުޖުތަމައުގައި ނަމޫނާ ބަޔަކަށް ވުމަށް މިނިސްޓަރު ޒުވާން ޚަތީބުންނަށް އިލްތިމާސްކުރެއްވިއެވެ. މިއީ މިނިސްޓްރީގެ ޒުވާން ޚަތީބު ޕްރޮގްރާމްގެ ދަށުން ތަމްރީނު ފުރިހަމަކުރި ފަސްވަނަ ބެޗެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމަކީ ރާއްޖޭގައި އިމާމުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ތައާރަފުކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދު އިމާމުވެ ކުރުމަށާއި ޚުތުބާ ކިޔުމަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1,000 ޒުވާން ޚަތީބުން ތަމްރީނުކުރުމެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ޚުތުބާ ކިޔުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް

މިއަދު މާލޭގެ 26 މިސްކިތެއްގައި އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން

mosque , miskih, khuthuba

މާލޭގެ ހުރިހާ ބޮޑެތި މިސްކިތްތަކެއްގައި މި ހުކުރުގައި އިމާމުވެ ހުކުރު ކުރާނީ ޒުވާން ޚަތީބުން

Shua

ޒުވާން ޚަތީބުންގެ ތިންވަނަ ބުރަށް 283 ޒުވާނުން ކުރިމަތިލައިފި