ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުން ސްކޭމްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

police
STO_Ads

ތޭރެ ގައުމަކާ ގުޅިގެން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން، ސްކޭމްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެންޓި ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން “އޮޕަރޭޝަން ފްރޮންޓިއާ+ III” މިއަދު ފަށައިފައިވާ ކަމަށެވެ. ފުލުހުން ބުނީ މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެއް ކަމަށެވެ. އަދި މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގޭ ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަންކަމަށް ފުލުހުން ބުންޏެވެ.

“ފްރޮންޓިއާ+ އެލަޔަންސްގައި 13 ގައުމެއް ހިމެނެއެވެ. މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެކެވެ. މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދިވެހިރާއްޖެ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑް” ފުލުހުން ބުންޏެވެ.

Maldivian_Ads

އެ އެލަޔަންސްގެ މައިގަނޑު އަމާޒަކީ ރިއަލް ޓައިމްކޮށް މައުލޫމާތު ހިއްސާކުރުމާއި، ސްކޭމް ހިންގާ ވިއުގަތައް ނައްތާލުމަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުންކަމަށް ފުލުހުން ބުންޏެވެ. އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ހަތަރު އަސާސެއްގެ މައްޗަށް ކަމަށާއި، އެއީ ވަގުތުން ފިޔަވަޅު އެޅުމާއި ޝައްކުކުރެވޭ ބެންކު އެކައުންޓްތަކާއި، މަނީ މިއުލްސް ދެނެގަނެ ފައިސާގެ މުއާމަލާތުތައް ވަގުތުން ހުއްޓުވުމާއި، އިންޓެލިޖެންސް ހިއްސާކުރުމުގެ އިތުރުން އަލަށް އުފެދޭ ސްކޭމް އުކުޅުތަކާއި ނެޓްވޯކްތަކުގެ މައުލޫމާތު ގައުމުތަކުގެ މެދުގައި ރިއަލް ޓައިމްކޮށް ބަދަލުކުރުންކަމަށް ފުލުހުން ބުންޏެވެ.

އަދި ޑޭޓާގެ އަލީގައި މަސައްކަތްކުރުމާއި ސްކޭމްތަކުގެ ފަރުމާ ދެނެގަތުމާއި ކުށްވެރިންގެ އުކުޅުތައް ދިރާސާކޮށް ފައިސާ އަނބުރާ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގޭ ތަހުގީގުތައް ހަރުދަނާކޮށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަކީ އޮޕަރޭޝަންގެ އަސާސެއްކަމަށް ފުލުހުން ބުންޏެވެ.

“މި އޮޕަރޭޝަންގެ ދަށުން، އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިން އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ 2026 މާރިޗު 10 އިން މެއި 7 އަށެވެ. މި މުއްދަތުގައި ހުރިހާ ގައުމަކުން ވެސް ސްކޭމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެއެވެ.” ފުލުހުން ބުންޏެވެ.

އޮޕަރޭޝަންގެ ނަތީޖާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެއި 13 ވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ. އަދި މި އަހަރުގެ އޮޕަރޭޝަންގެ އެންމެ މުހިންމު އެއް ހަރަކާތް ކަމުގައިވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 20 ވަނަ ދުވަހު ރާއްޖޭގައިކަމަށް ފުލުހުން ބުންޏެވެ. އެ ބްރީފިންގައި، އެލަޔަންސްގައި ހިމެނޭ ހުރިހާ ގައުމުތަކުން ހާސިލުކުރި ޖުމުލަ ނަތީޖާތަކާއި، ހައްޔަރުކުރެވުނު މީހުންގެ އަދަދާއި، ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް މުޅި ދުނިޔެއަށް ހާމަކުރާނެކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެންޓި ސްކޭމް ސެންޓަރުން ވަނީ، ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިކަމަށް ފުލުހުން ބުންޏެވެ. މި އަހަރުގެ އޮޕަރޭޝަނާއެކު މި މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެކަމަށް ފުލުހުން ބުންޏެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި

police

ކަސްޓޯޑިއަލްގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓް-މޯޓަމް ހަދަނީ

988

މިޔަރެއް ދަތް އެޅުމުގެ ސަބަބުން ފަރުވާދިނުމުގެ ތެރޭގައި ފަތުރުވެރިއެއްގެ ފައި ފުރިކޮށްލައިފި

Large 161337206156merw

މާލޭ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ