މިއަހަރު ރަމަޟާންމަހުގެ ފަހުދިހަ ދުވަހުގައި ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

މާލެއާއި ހުޅުމާލޭގައި ކައުންޓަރުތަކުން ހިދުމަތްދޭން ހަމަޖެހިފައިވަނީ އާދީއްތައާއި ބުރާސްފަތިދުވަހާއި ދެމެދު ، މެންދުރު 11 އިން މެންދުރުފަހު 1 އަށް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އަދި އަތޮޅުތެރޭ ޕަވަރ ހައުސްތަކުން ހިދުމަތްދޭން ހަމަޖެހިފައިވަނީ މެންދުރު 11 އިން 12 އަށެވެ.

ސަރވިސް ކައުންޓަރުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު އައި ނަމަވެސް އާދައިގެ މަތިން ސްޓެލްކޯ ކޮންޓެންޓް ސެންޓަރުގެ ހިދުމަތް 24 ގަނޑިއިރު ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު