ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފި

masverin
Maldivian_Ads
TTH_Ads
STO_Ads
Advertisement

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ 1 މެއި 2025 އިން ފެށިގެން ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ދޫކޮށްފައިވާ ލޯނު ކަމަށެވެ.

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން 89 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާއިރު، މި ލޯނުތައް ދޫކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ޕޯޓަލްއަކީ، މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ދިރިއުޅުމާއި، އުންމީދުތައް ހާސިލްކުރުމަށް އެހީތެރިވުމަށްޓަކައި ބީއެމްއެލްއިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓުތަކަށް ފަސޭހައިން އެދި ހުށައެޅޭ ގޮތަށް ޑިޒައިންކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

HajjCop_ads
Advertisement

މި ޕޯޓަލް މެދުވެރިކޮށް ގެދޮރު ގަތުމަށާއި، ގެދޮރު އިމާރާތް ކުރުމަށާއި، އަދި އެނޫންވެސް އެހެނިހެން ކަންކަމަށް ލޯނަށް އެދެވޭއިރު، މި އިންތިޒާމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ ނުވަތަ އަމިއްލައަށް ޚަރަދު ކުރަންޖެހޭ ފައިސާއާ ނުލައި 300،000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގޭގޮތަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބީއެމްއެލުން ވަނީ ހަމަޖައްސަވައިދެއްވާފަ އެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާއިރު، މިއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތްކަމަށް ހެދުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި