ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި

TTH_Ads
STO_Ads
Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ “ވަށަނި” ޕޯޓަލް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ޒަމާނީ ފަސޭހަތަކާއެކު ފަރުމާކޮށްފައިވާ މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ.

މި ޕޯޓަލްއަކީ ސްޓެލްކޯގެ ކަރަންޓާއި ގުޅުންހުރި ހުރިހާ ޚިދުމަތްތަކަށް އެއް މަންސައަކުން އެދެވޭގޮތަށް، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ މުހިންމު ވަސީލަތެކެވެ. މި ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ބިލްތައް ބަލައި، ފައިސާ ދެއްކުމުގެ އިތުރުން، ޚިދުމަތްތަކުގެ އަޕްޑޭޓްތައް ފޯނުން ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އައު ޚިދުމަތެއްގެ ގޮތުގައި އިންޖިނިއަރުންގެ ފާސް ބޭނުންވާ މަސައްކަތްތަކަށްވެސް މި ޕޯޓަލް މެދުވެރިކޮށް މިހާރު އެދެވޭނެއެވެ.

HajjCop_ads
Advertisement

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަލީ އަޒުވަރު ވިދާޅުވީ، “އަޅުގަނޑު ޤަބޫލުކުރަނީ، އަޅުގަނޑުމެން މި ލޯންޗުކުރަން މިއުޅޭ ޚިދުމަތަކީ އާއްމުން ބަލައިގަންނާނެ، އާއްމުންނަށް އަޅުގަނޑުމެން މިހާރު ކުންފުނީގެ ފަރާތުން މި ފޯރުކޮށްދޭ ޚިދުމަތް މިހާރަށް ވުރެ ބޮޑަށް ފަސޭހެކަމާއެކު ލިބިގެންދާނެ ޚިދުމަތެއްކަމަށް.” މި ޕޯޓަލްގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަގުތު ސަލާމަތްވެ، ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

“ވަށަނި” ޕޯޓަލްގައި ރަޖިސްޓަރީވުމަށްޓަކައި އީފާސް ނުވަތަ ފޯނު ނަންބަރު ބޭނުންކުރެވޭނެއެވެ. އަދި އަމިއްލަ ފަރުދުންގެ އިތުރުން ވިޔަފާރިތަކަށްވެސް މި ޕޯޓަލްގައި ރަޖިސްޓަރީވެވޭނެއެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “މޯލްޑިވްސް 2.0” ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕޯޓަލްގެ ޚިދުމަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރެގެންވެސް ބޭނުންކުރެވޭނެއެވެ. ކަރަންޓުގެ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމުގެ އިތުރުން، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތާއި، ކުރިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލުވެސް މި ޕޯޓަލްއިން ފެންނަން ހުންނާނެއެވެ. އަދި ޚިދުމަތުގެ މަރުހަލާތައް ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންގެ ފޯނަށް ލިބޭނެ އިންތިޒާމުވެސް ވަނީ ފަހިކޮށްދީފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ޖުލައި 26 އަދި 27 ގައި ސްޓެލްކޯގެ ސާރވިސް ސެންޓަރ ބަންދުވާނެ!

988

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ، މި މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ހިނދުކޮޅަކަށް ކަރަންޓް ކެނޑިދާނެ!

Io

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރި ދައުލަތުގެ ދެވަނަ ކުންފުންޏަކަށް ސްޓެލްކޯ!

Igmh

ތުލުސްދޫ ކަނބަލުންނަށް ކަރަންޓަށް ހޭލުންތެރިކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފި