ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި

WhatsApp Image 2026 03 05 at 13.10.03 (1)
Maldivian_Ads
STO_Ads
TTH_Ads
Advertisement

2025 ވަނަ އަހަރު ބޭންކް ފަންޑް ކާމިޔާބުކުރި އެއް ފަރާތްކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) އިން ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރގައި މަލްޓި-މީޑިއާ ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.

ޔޫއައިއެސްއަކީ ކުޑަހުވަދޫގެ ޖަމިއްޔާއެކެވެ. މި ޕްރޮޖެކްޓްގެ ދަށުން 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ވަނީ މަލްޓި-މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށްފައެވެ. މީޑިއާ ކްލަބަށް އެހީތެރިވެދޭނެއެވެ. މި މަލްޓި-މީޑީއާ ސްޓޫޑިއޯ ގާއިމުކޮށްފައި ވަނީ ޕްރޮފެޝަނަލް ކެމެރާއާއި ލައިޓިންގ ކިޓް، އޯޑިއޯ ރެކޯޑު ކުރާނެ ވަސީލަތްތަކާއި އެޑިޓިންގ ކޮމްޕިއުޓަރ އަދި ސްޓްރީމިންގ ހާޑްވެއާވެސް ހިމަނައިގެންނެވެ.

ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރުން މިހާރުވެސް މީޑިއާ ކްލަބެއް ހިންގައެވެ. އެހެން ނަމަވެސް މި ކްލަބްގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ދަތިކަން ވަނީ ފާހަގަކުރެއެވެ. މި ޕްރޮޖެކްޓުގެ ދަށުން ޔޫއައިއެސް ގެ އަމާޒަކީ، މިސެންޓަރު މެދުވެރިކޮށް މީޑީއާ ދާއިރާގައި ދަރިވަރުންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމެވެ. އެގޮތުން ދަރިވަރުންނަށް ވީޑިއޯ އުފެއްދުމަށާއި، އިވެންޓް ބްރޯޑްކާސްޓްކުރުމަށާއި ވީޑިއޯ ރިޕޯޓް ހެދުމަށާއި އެ މަރުކަޒުގެ ރަސްމީ ޔޫޓިއުބް ޗެނަލަށް ތައުލީމީ ކޮންޓެންޓް އުފެއްދޭނެ ތަމްރީނުދޭ އަދި އުފެއްދުންތެރި މަރުކަޒެއްގެ ގޮތުގައި މިތަން ބޭނުންކުރެވޭނެއެވެ. އަދި މި މަރުކަޒުގެ ޚިދުމަތް ރަށުގެ އެހެން އޮފީސްތަކަށާއި ކައިރި ރަށްރަށަށް ވެސް ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

HajjCop_ads
Advertisement

މި ސްޓޫޑިއޯ ބަލަހައްޓާނީ ސްކޫލާއި ޔޫއައިއެސް ޖަމިއްޔާގެ ހާއްސަ ޓީމަކުންނެވެ. އަދި މިތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އާމްދަނީ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ގަވާއިދުން ތަމްރީނު ދިނުމާއިއެކު އެކަށީގެންވާ ގޮތެއްގައި ތަން ބެލެހެއްޓޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ބޭންކް ފަންޑަކީ ތައުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމަޢު ކުރިއެވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ. މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭންކުން މުހިންމު އަހުމިއްޔަތުކަމެއް ދެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

bml

އީ-ކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަނޑައަޅައިފި