ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސް މަންޒިލެެއްގެ ފްލައިޓުތަކާއެކު ރާއްޖެއަށް އިތުރު ފްލައިޓުތައް ފަށައިފި

velaana airport macl
STO_Ads
TTH_Ads
Maldivian_Ads
Advertisement

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފްލައިޓްތައް މަދުވުމާއި ގުޅިގެން އެކަމުގެ ގެއްލުން ކުޑަކުރުމަށްޓަކައި އައު 5 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު ވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހާލަތާއި ގުޅިގެން ރާއްޖެއަށް ކުރަމުން އަންނަ އަސަރާއި، އެކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ދެއްވާފައެވެ.

“މިހާލަތާއެކު ކޮންމެސް ވަރަކަށް ކޮމާރޝަން ފްލައިޓްތައް އޮޕަރޭޓް ކުރެވެން ފަށައިފި. ރޭގައިވެސް އެމިރޭޓްސްގެ ފްލައިޓްއެއް ރާއްޖެއައި. ރެސްކިއު ކުރުމައްޓަކައި، ވަރަށް ކުޑަ ކުޑަ ދާއިރާއެއްގައި ކޮރިޑޯއެއް ހުޅުވައިގެން އޮޕަރޭޓް ކުރަމުން ދަނީ. މިއަދުވެސް އެމިރޭޓްސްގެ ފްލައިޓްއެއް އަންނާނެ. ދުބާއި އިންޓަރނޭޝަން އެއަރޕޯޓާއި ސާރްޖާ އެއަރޕޯޓުގައިވެސް ވަކި ކޮރިޑޯއެއްގެ ތެރޭގައި ލިމިޓެޑް އޮޮޕަރޭޝަންތަކެއް އެބަހިނގާ. އޭގެ ތެރޭގައި ހަމަ ޖާގަ އޮތްވަރުން ރާއްޖެއަށްވެސް އަންނަމުންދަނީ. އެއީ މަޑު މަޑުން ޕޮސިޓީވްކޮށް ފެންނަ މަންޒަރު” ވަޒީރު

HajjCop_ads
Advertisement

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް އޭގެ އަސަރުކުރަމުންދާ ކަމަށެވެ. ސަބަބަކީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަަކަށް ވުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަމީން ވިދާޅުވީ ހާލަތު މިހެން އޮތް ނަމަވެސް ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ގިނަ މަަސައްކަތްތަކެއް ކުރަމުންދާކަމަށެެވެ.

މިހާރު ކޮންމެވެސް ވަރަކަށް ކޮމާރޝަލް ފްލައިޓްތައް އޮޕަރޭޓް ކުރެވެން ފަށާފައިވާ ކަމަށާއި، ވަކި ވަގުތުތަކެއްގައި މަދު ދަތުރުތަކެއް އެމިރޭޓްސް ފަދަ އެއަރލައިންތަކުން ކުރަމުންދާ ކަމަށް ވަޒީރުު ވިދާޅުވިއެވެ. އަދި ދުބާއީ އާއި ޝާހުރުޖާ އެއަރޕޯޓުގައިވެސް ވަކި ވަކި ވަގުތުތަކެއްގައި ދަތުރުތައް މިހާރު ބާއްވަން ފަށާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ދަތުރުތަކުގެ ތެރެއިން އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ދިމާވެފައިވާ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބުނު ނަމަވެސް، މިއީ އިގްތިސާދީ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވިލާތުގެ ފަސް މަންޒިލަކުން ރާއްޖެއަށް އަލަށް ސީދާ ދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ މީގެ ކުރިން ރާއްޖެއަށް ދަތުރުތައް ބާއްވާފައިނުވާ ފަސް ސަރަހައްދުކަމަށެވެ. އެހެންކަމުން މި ސަރަހައްދުން ފްލައިޓްތައް އަންނަން ފެށުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އޭޝިއާ ސަރަހައްދާއި، އިރުދެކުނު އޭޝިއާގެ އިތުރުން އިންޑިއާއިން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުތަކުގެ އަދަދު ހަފުތާއެއްގެ މައްޗަށް އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށްވެސް އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރަޝިއާގެ އެރޯފްލޮޓްގެ ދަތުރުތަކާއި ޓާކިޝް އެއާލައިންސްގެ ދަތުރުތައް ވެސް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

“ދެން އިތުރަށް ކުރެވޭ މަސައްކަތްތައްބަލާއިރު އޮޕަރޭޓް ކުރަމުން ގެންދާ އެއާލައިންތަކާއި އިތުރަށް އެންގޭޖްވެގެން ފްރިކުއެންސީ އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން. ޔޫރަޕިއަން އެއާލައިންސްތަކާ ގުޅިގެން ރިލީފް އޮޕަރޭޝަންސް ކުރިއަށް ގެންދިޔުން.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ފްލައިޓް އަންނަ ދޯހާ އެއަރޕޯޓާއި، ބަހްރެއިން އެއަރޕޯޓް ބަންދުކޮށްފައި އޮތް ނަމަވެސް، މަސްކެޓް އެއަރޕޯޓް އަދިވެސް އޮތީ ހުޅުވާފައި ކަމަށެވެ. ހާއްސަ ދަތުރުތަކާއެކު، ބައެއް ޝެޑިއުލްދަތުރުތައް އަލުން ފަށާފައިވާ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Velana MACL airport

މި އަހަރުގެ ފަހު ކުއާޓާގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

WhatsApp Image 2026 08 02 at 17.24.29

ވެލާނާ އެއަރޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޓްރާންޝިޕްމަންޓް ކާގޯގެ އާ ރެކޯޑެއް ގާއިމުކޮށްފި

ameen

ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ފަތުރުވެރިކަމުގެ އަމާޒު ހާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތް: އަމީން

90

ވީއައިއޭގެ އާ ޓާމިނަލްގައި ދަތުރުވެރިން ހިތްފަސޭހަކޮށްލަން އާ ޖާގައެއް ހުޅުވައިފި