ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ގަލޮޅު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

TTH_Ads
STO_Ads
Advertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގަލޮޅު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ. ގ. ހެޕީސައިޑްގައި ގާއިމުކުރި މި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި، ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙާއި ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން، މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެންސީން ދަނީ މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގެ ބޮޑެތި ސިޓީތަކުގައި ވެސް ކެމްޕޭން ޖަގަހަތައް ހުޅުވައި ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ފުވައްމުލަކާއި ތިނަދޫ ސިޓީގައި ވެސް މިހާރު ވަނީ ކެމްޕޭން ހަރަކާތްތައް ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީއަކީ މިހާރު ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލަނީ ވެސް އެ ޕާޓީގެ ފަރާތުންނެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް

pnc

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ އޮފިޝަލުންނާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި

Io

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލާނެ

Sstv FORM FOR EC

ޕީއެންސީ އޮތީ ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކު: އަބްދުއްރަހީމް