ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް ހަމަލާދޭން އެހީވާތީ ޓްރަމްޕްގެ ތައުރީފް ޔޫރަޕަށް، ސްޕެއިން އެހީނުވާތީ ވިޔަފާރީގެ ގުޅުންތައް ކަނޑާލަނީ

އެމެރިކާގެ ރައީސާއި، ޖަރުމަނުގެ ޗާންސެލަރ
STO_Ads
Maldivian_Ads
TTH_Ads
Advertisement

އީރާނަށް ހަމަލާދޭން ސްޕެއިންގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ ސިފައިންނަށް ނުދިން މައްސަލާގައި ސްޕެއިނާއި އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ހުރިހާ ގުޅުންތައް ކަނޑާލަން ގަސްތުކުރާކަން އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކޮށްފިއެވެ.

ޖަރުމަނުގެ ޗާންސެލަރއާ ބައްދަލު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ، ސްޕެއިންގެ ނިންމުމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ސްޕެއިނާއެކު އޮންނަ ވިޔަފާރީގެ ހުރިހާ ގުޅުންތައް ކަނޑާލަން ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓްއަށް އަންގާފައިވާނޭ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

އަދި ސްޕެއިނާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރަން ބޭނުން ނުވާކަންވެސް ހާމަކުރިއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ސްޕެއިނުން ހުއްދަދިނަސް ނުދިނަސް، އެމެރިކާ ސިފައިން ބޭނުންވެއްޖެ ހިނދެއްގައި ސްޕެއިންގެ އަސްކަރީ ބޭސްތައް އެމެރިކާ ސިފައިންނަށް ބޭނުން ކުރެވޭނޭ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދީފައި ވެއެވެ.

އެމެރިކާގެ ހަނގުރާމައިގެ ރައީސް ޓްރަމްޕްވަނީ، އީރާނަށް ހަމަލާ ދިނުމުގައި ޖަރުމަނުވިލާތާއި، އަދި ޔޫރަޕްގެ އެހެން ގައުމުތަކުން އެމެރިކާއަށް  ވެދެމުން އަންނަ އެހީތެރިކަމާއި، ދެމުން އަންނަ ތާއީދަށް ތައުރީފް ކޮށްފައެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި އީރާނަށް ހަމަލާދޭން ސްޕެއިންގެ ބިމުގެ އަދި ވައިގެ ސަރަހައްދުވެސް ބޭނުން ނުކުރެވޭނޭ ކަމަށް އަންގާފައި ވެއެވެ.

ސްޕެއިނަކީ، ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރި ހަމައެކަނި  ގައުމެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި