ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް ބޭނުންވެގެން އުޅެނީ އީރާނު އަމާންދޭން، ޑީލެއް ހަދާކަށްނޫން: ތަޖުރިބާކާރުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ޖެނީވާގައި ބޭއްވި ވާހަކަތަކާމެދު ހިތްހަމަ ނުޖެހޭކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.

އީރާނަށް އަސްކަރީ ހަމަލާތައް ވަގުތުން ދޭން ފެށުމަށް ގޮވައި އަޑުއުފުލަމުންދާ އެމެރިކާގެ ޒަޔަނިސްޓް ބައެއް ސެނެޓަރުންނާއެކު ހުރެ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، ޖެނީވާ ވާހަކަތަކާމެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި، ނިއުކްލިއަރ ހަތިޔާރު ނުއުފައްދާނޭކަން އީރާނުން ކަނޑައެޅިގެން ބުނަންޖެހޭ ކަމަށެވެ.

އެމެރިކާގެ ރައީސް ބުނީ، ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމަކަށް ނިއުކްލިއަރ އިންޖީނުގެއެއް ބޭނުންވާ ސަބަބެއް ނެތް ކަމަށެވެ. ނިއުކްލިއަރ އިންޖީނުގެއެއް ހެދުމުގެ ނަމުގައި އީރާނުން މަސައްކަތް ކުރަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަގަށް ދިއުމަށް ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

Maldivian_Ads

އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ އުމާންގެ ޚާރިޖީ ވަޒީރު ބަދްރް އަލް ބުސައިދު، މީޑިއާ ވަސީލަތަކަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ، ނިއުކްލިއަރ ބޮމެއް އުފެއްދުމަށް ބޭނުންވާ ނިއުކްލިއަރ އެއްވެސް ވަސީލަތެއް ހޯދުމަށް އީރާނުން ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އީރާނުން ދީފައިވާ ކަމަށެވެ. މިވަރަށް އީރާނުން ކަށަވަރުކަން ދިނީމާވެސް އެމެރިކާގެ ރައީސް އުޅެނީ އީރާނުގެ “އަނގައިން ސީދާ ވަކިބަހެއް” ނުނިކުމެގެންނެވެ.

ޓްރަމްޕް ބުނީ، އީރާނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި “”ސުލްހަވެރި ގޮތެއްގައި” ކަންކުރަން އޭނާ ބޭނުންވާ ކަމަށާއި، ނަމަވެސް “އެއީ ވަރަށް ނުރައްކާތެރި، އުނދަގޫ” ބަޔަކަށްވާތީ، ބައެއްފަހަރު ބާރުގެ ބޭނުން ކުރަންޖެހޭ ކަމަށެވެ.

ޓްރަމްޕް ބުނީ، އެއީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް އީރާނާމެދު ކަންކުރާނެ ގޮތުގެ ބޮޑުނިންމުން ވަރަށް އަވަހަށް ނިންމާނޭ ކަމަށެވެ.

މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އީރާއެކު އެއްބަސްވުމެއް ހެދުމަށް ހަގީގަތުގައިވެސް އެމެރިކާގެ ރައީސް ބޭނުންވާ ކަމަށް ބުނުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ސަބަބެއް ކަމަށް ބުނީ، ޖެނީވާ ވާހަކަތަކަށް އީރާނުން ހުށަހެޅި ޝައުގުވެރި ފުރިހަމަ ހުށަހެޅުމަށްވެސް ޓްރަމްޕް ދެކޮޅު ހެދުމުންނެވެ.

އީރާނުގެ ހުށަހެޅުމުގައި ވަނީ، އެމެރިކާގެ ރައީސްކަމުގައި ޓްރަމްޕް ހުރިހާ ދުވަހަކު އީރާނުން ޔޫރޭނިއަމް ފައްކާ ނުކުރާނެ ކަމަށެވެ. މީގެއިތުރުން، އީރާނުގައި އުފައްދާފައި ހުރި ޔޫރޭނިއަމްގެ އެއްވެސް މިންވަރެއް އީރާނުގައި ނުބެހެއްޓުމަށްވެސް ހުށަހަޅާފައި ވެއެވެ.

އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް، އެމެރިކާއާއި، އައިއޭއީއޭގެ އިންސްޕެކްޓަރުން ފޮނުވައިގެން ބަލަމުން ގެންދިއުމަށްވެސް ހުށަހަޅާފައި ވެއެވެ.

ނަމަވެސް، އެމެރިކާގެ ރައީސް މިވަނީ އީރާނުގެ ހުށަހެޅުންތަކާ ދެކޮޅު ހަދާފައެވެ.

މުހައްލިލުން ވިދާޅުވަނީ، ޓްރަމްޕް ހަގީގަތުގައި ބޭނުންވެގެން އުޅެނީ އީރާނު އަމާންދިނުމަށް ކަމަށެވެ. ނަމަވެސް އެއީ އީރާނުން ކުރާނެ ކަމެއް ނޫންކަމަށް ވިދާޅުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ވިސްނުމުގައި ހުރީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުން ކަމަށް ބެލެވޭއިރު، ޖެނީވާގައި ބޭއްވި ވާހަކަތައް ނިމިގެން ދިޔައީ އީރާނުގެ ފަރާތުން ރަނގަޅު ހުށަހެޅުމެއް ލިބިގެންނެވެ،

ބަހްރެއިންގެ ޚާރިޖީ ވަޒީރު ބަދްރް ވިދާޅުވީ، އީރާނުގެ ހުށަހެޅުންތަކުގެ ޓެކްނިކަލް ވާހަކަތައް ކުރިއަށްދާނީ އިސްޓްރިއާގެ ވިއެނާގައި ކަމަށާއި، ވާހަކަތައް ހޯމަދުވަހު ފަށާނޭ ކަމަށެވެ.

އެމެރިކާގެ ލަޝްކަރުތައް އީރާނާ ގާތަށް ޖެހެމުންދާތީ، ޓްރަމްޕް ހަދަން އުޅޭގޮތެއް އަދިވެސް ނޭނގޭ ކަމަށް ގިނަބަޔަކު ބުނެއެވެ. އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނީ އެމެރިކާއަށް ކަމަށް ބުނެ އެމެރިކާގެ އެތެރޭގެ އަސްކަރީ އެތައް ތަޖުރިބާކާރުން ޓްރަމްޕަށް އިންޒާރު ދެމުންވެސް އެބަ ގެންދެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުން ހިޒްބުﷲ “ނައްތާލުމުގެ” ރަސްމީ ވާހަކަތައް ފަށަން ލުބުނާނާއި އިސްރާއީލުން އެއްބަސްވެއްޖެ

އެމެރިކާއިން ހޮރްމޫޒަށް ހުރަސްއަޅައި އަދި އީރާނަށް ދެން ލިބިފައިވާ ބާރުގެ ބޭނުންކޮށްފިނަމަ ދުނިޔެއަށް މާނުރައްކާ!

އީރާނުގެ ބަނދަރުތަކަށް ނުރައްކާ ކޮށްފިނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކަށް ރައްކާތެރިކަމެއްނެތް: އީރާނު އަސްކަރިއްޔާ

އީރާނު، އެމެރިކާއަށް ބޮލެއް ނުލެނބި، އެންމެން މިހާރު އިންތިޒާރު ކުރަމުންދަނީ ޓްރަމްޕް ހަދާނެގޮތަކަށް