ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

Shaheem
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ތަޢީދުކުރައްވާ ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ، މިއީ ދުނިޔޭގެ ތަހުޒީބު ބައެއް ޤައުމުތަކުގައި ވެސް އަމަލުކުރެވެމުންދާ އުޞޫލެއްކަމަށެވެ. ވެރިކަމުގެ ނިޒާމުގެ ހަމަޖެހުމާއި ތަރައްޤީއާއި ސިޔާސީ ނިޒާމުގެ މަޞްލަޙަތުގެ ނަޒަރުން ބެލިޔަސް މިއީ ރަނގަޅު ނިންމުމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުންނަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާމެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެކަމަށް ވޯޓަށް އެހުން ކުރިއަށްދާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚަބާއެކު އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

HajjCop_ads
Advertisement

ރާއްޖޭގައި ވަކިވަކިން އިންތިޚާބުތައް ބޭއްވުމަކީ ބޮޑު ޚަރަދެއް އެކަމަށް ހިނގާކަމެއްކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރާގޮތުގައި ރާއްޖޭގައި ބާއްވާ މި ދެއިންތިޚާބަށްވެސް އެވްރެޖްކޮށް ކޮންމެ އިންތިޚާބަކަށްވެސް 100 މިލިޔަނެއްހައި ރުފިޔާ ޚަރަދުކުރަންޖެހެއެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް އެކަނިވެސް 120 އަކަށް މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.

ދެއިންތިޚާބު އެއްކޮށްލުމަކީ މާލީގޮތުން ދުރުރާސްތާއަށް ބަލާއިރު ހުރިހާ ފަރާތަކަށްވެސް މީގެ ފައިދާކުރާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެއެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saudi

މައްކާގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު: ޝަހީމް

HSEdg6haoAA50X9

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްޞަ ހެދުމެއް ތައްޔާރުކުރަނީ!

Dr Shaheem

އިލްމީ ޖީލެއް ބިނާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ޝަހީމް

Qw

ވަޤުފު ކުންފުނީގެ މަގުސަދަކީ ކައުންސިލްތަކުން މިސްކިތްތައް އަތުލުން ނޫން ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ