ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދަމަހު ދުވާލު ހާމަކަން ބޮޑުކޮށް ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިލްތިމާސް ކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި، ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކުގައި އާންމުކޮށް ފެންނަހެން ރެސްޓޯރެންޓްތައް ހުޅުވައިގެން ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމްގައި “ރަމަޟާން މަހުގެ މަތިވެރިކަން” މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރޯދަ މަހުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފަތުރުވެރިކަން އޮތް ރަށްރަށުގައި ފަތުރުވެރިންނަށް ކާންދޭންވާނީ ހާމަކަން ބޮޑު ގޮތެއްގައި ނޫންކަމަށާއި، އެކަމަށް ޚާއްސަ ކުރެވިފައިވާ ތަންތަނުގައި ނިވާކަން ހުރި ގޮތަށް އިންތިޒާމުތައް ހަމަޖެއްސިދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތައް ހުރިއިރު، ރަށު ކައުންސިލްތަކުން އެކަންކަން ތަންފީޒުކުރަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ދީނަށްވުރެ މުހިންމު ކަމެއް ނޯންނާނެކަން ފާހަގަކުރައްވައި، ރޯދަ މަހުގެ ހައިބަތާއި ޤަދަރު ކުޑަވާގޮތަށް އަމަލުކުރާނަމަ އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި ދީނަށް އޮންނަ ލޯބި ކުޑަވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ހުކުރު ވަގުތުތަކުގައި ވެސް ވިޔަފާރިތައް ހުޅުވައި ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަނުކުރުމަށާއި، ޤުރުއާނާއި ސުންނަތުގައިވާ މަގުން ކަސިޔާރު ނުވުމަށް ވަޒީރު ވަނީ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

HajjCop_ads
Advertisement

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

އަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން

dr shaheem

ބޮޑު މިސްކިތުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ: ޝަހީމް

އޭޓީއެމް ފެއާ މާދަމާ ފަށަނީ

resort

ނުނިމިހުރި 168 ރިސޯޓު ނިންމުމަށް ފަހިވާނެ ގޮތަށް ގަވާއިދެއް އެކުލަވާލައިފި