ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

STO_Ads
TTH_Ads
Advertisement

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ އައު އަހަރު ފާހާގަ ކުރަނީ ފިނި މޫސުން ނިމި ބަހާރު މޫސުން ފެށުން ފާހަގަކުރުމަށެވެ. ކޮންމެ އަހަރަކަށްވެސް އެ ޤައުމުގެ ސަޤާފަތާއި އެއްގޮތަށް ވަކި ހާއްސަ ނަމެއް ދެއެވެ.

ޗައިނާގެ އައު އަހަރު ފެށުމާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ޤައުމުގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ޗިއާންގް އަދި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އައު އަހަރުގެ ތަހުނިއްޔާ ފޮނުއްވާފައެވެ.

HajjCop_ads
MMA_Ads
Advertisement

އެމަނިކުފާނު ވަނީ ‘އިޔަރ އޮފް ދަ ފަޔަރ ހޯސް’ ނަމުން ނަން ދެވިފައިވާ، އަހަރު ޗައިނާއިން މިވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްޤީ ދޭހަކޮށްދޭ ކަމަށެވެ. އަދި މި ރަމްޒީ އަހަރުގައި ޝުކުރުވެރިވެ އިތުރަށް ފާހަކުރާނެ ކަންކަން ހުރިކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައްޔިތުންނަށް މުސްތަޤުބަލުގައިވެސް ފާގަތި ދުވަސްތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ، ރާއްޖެއާއި ޗައިނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ދެ ޤައުމަށްވެސް ފައިދާވާނެހެން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެއެވެ.

ޗައިނާއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އެގޮތުން ދިވެހި ރާއްޖެއާއެކު ޤައުމަކުން ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާއާއެކުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ޒިޔާރަތުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ދެ ޤައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. މިއާއެކު ދެ ޤައުމު ދެމެދުގައި އޮންނަ ގުޅުން ވަނީ “ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް” އަކަށް ބަދަލުވެފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ފެށުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ޗައިނާގެ ބޯޓުދެލި މައިނެއްގައި ހިނގި ހިތާމަވެރި ގޮވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

“ތައްޔާރު” މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ތިން އިލެކްޓްރިކް އުޅަނދު ހަވާލުކޮށްފި

ޗައިނާއިން ތެޔޮ ވިއްކާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި