ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއަށް އަނެއްކާވެސް ވަރުގަދަ ޙަމާލާތަކެއް ދޭނެކަމަށް ބުނެފި

2023 12 30T161109Z 1296480007 RC2S75AAAB70 RTRMADP 3 ISRAEL PALESTINIANS GAZA
STO_Ads
TTH_Ads
Advertisement

ޣައްޒާއަށް އަނެއްކާވެސް ޙަމާލާ ދިނުމަށް އިސްރާޢީލުގެ ސިފައިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އިސްރާޢީލުން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލް ސިފައިންގެ ޗީފް އޮފް ސްޓާފް އިޔާލް ޒަމީރު ހުކުރު ދުވަހު ބުނީ، ޣައްޒާގައި މިހާރު ކުރިއަށްދާ ދިފާއީ މަސައްކަތްތައް ފުރިހަމަ ހަމަލާތަކަކަށް ބަދަލުކޮށްލުމަށް ސިފައިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ކުރިމަތިވާ ކޮންމެ ހުރަހަކަށް ވަރުގަދަ އަސްކަރީ ރައްދުތަކެއް ދީ، އިދިކޮޅު ބާރުތަކުގެ ގާބިލުކަން ނައްތާލާނެ ކަމަށް އޭނާ ބުންޏެވެ.

ޒަމީރު ފާހަގަކުރި ގޮތުގައި ޣައްޒާގައި ހިންގާ ހުރިހާ އަސްކަރީ އޮޕަރޭޝަންތަކަކީ ސިޔާސީ ލީޑަޝިޕްގެ ސީދާ އިރުޝާދުގެ ދަށުން ކުރިއަށްދާ ކަންކަމެވެ. ބައިނަލްއަގުވާމީ ގޮތުން އިންޒާރުތައް ލިބެމުންދިޔަ ނަމަވެސް، އަމުރު ލިބުމާއެކު ވަރުގަދަ ހަމަލާތައް ދިނުމަށް ނިރުބަވެރި ޔަހޫދީ ސިފައިން ތިބީ ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.

HajjCop_ads
Advertisement

މި ހަނގުރާމައިގެ މައިގަނޑު މަގްސަދަކީ ހަމާސްގެ އަސްކަރީ ގާބިލުކަން ނައްތާލުމާއި ޣައްޒާ ހަތިޔާރުން ސަލާމަތްކުރުން ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ. އަދި އިސްރާއީލުގެ ރަށްތަކަށް އޮތް ސަލާމަތީ ނުރައްކާތައް ނައްތާލުމަކީ އެއްވެސް ދޫދިނުމެއް ނެތް ކަމެއް ކަމަށާއި، އެކަން ހާސިލުވުމުގެ ކުރިން ހަމަލާތައް ހުއްޓާނުލާނެ ކަމަށް އޭނާ ބުންޏެވެ.

އަނިޔާވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ސަލާމަތީ ގޮތުން ހަމަޖެހުން ގާއިމުކުރެވެންދެން ޣައްޒާގެ ހަނގުރާމަ މެދުނުކެނޑި ކުރިއަށްދާނެއެވެ. އަދި ކޮންމެ ވަގުތެއްގައިވެސް ކުރިމަތިލުންތައް ވަރުގަދަ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ސިފައިން ތިބީ ތައްޔާރުވެގެން ކަމަށް ޒަމީރު ބުންޏެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމާސްގެ ވެރިޔަކަށް ޑރ. ޚަލީލް އަލް ޙައްޔާ އިންތިޚާބު ކޮށްފި

އިސްތިއުމާރީ ސިފައިން ޖަނާޒާއަށް ބޮންއެޅުމުން 7 މީހުން ޝަހީދު، 22 މީހުން ޒަޚަމް، ހަމާސްގެ ނުރުހުން

ޣައްޒާގައި ފެންބަލާގޮސް ތިބި އާންމުންނަށް ހަމަލާދީ ދެމީހުން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށްލައިފި

ޣައްޒާގެ ނަސްލުނައްތާލުމުގެ ޖަރީމާ ހިންގާތާ 1،000 ދުވަސް!، ހާލަތު އިތުރަށް ގޯސްވަނީ